އައިޑީބީގެ އިސްވެރިއަކަށް ބަންދަރް ހައްޖާރު ހަމަޖައްސައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
އައިޑީބީގެ އިސްވެރިއަކަށް ބަންދަރް ހައްޖާރު ހަމަޖައްސައިފި
އިސްލާމީ ޑިވޮލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ އެންމެ އިސްވެރިއަކަށް ސައުދިއަރަބިޔާގެ ކުރީގެ ހައްޖު މިނިސްޓަރ ބަންދަރް ޙައްޖާރު ސައުދީ ސަރުކާރުން ހަމަޖައްސައިފިއެވެ.

މިކަން ހަމަޖެއްސީ ދާދިފަހުން އިންޑޮނޭސިއާގެ ވެރިރަށް ޖަކާޓާގައި ބޭއްވި އައިޑީބީގެ ގަވަރުނަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ.

އައިޑިބީގެ ރައީސް އަޙްމަދު ބިން މުޙައްމަދު ޢަލީ ހުކުރު ދުވަހު ވިދާޅުވީ ސައުދީ ސަރުކާރުގެ މިނިންމެވުމަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ. އަދި މިއީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. "1975 ވަނަ އަހަރު އައިޑީބީ އުފެއްދިފަހުން ދުނިޔޭގެ މާލީ ނިޒާމުގައި އައިޑީބީން އަންނަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުން."

ބަންދަރް ހައްޖާރަކީ އިޤްޠިޞާދީ ދާއިރާއިންނާއި ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން މަތީ ތައުލީމު ހާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. ހައްޖު މިނިސްޓަރުކަމަށް އިސްކުރެވުނީ 2011 ވަނަ އަހަރުއެވެ. ޙައްޖު މިނިސްޓަރުކަމުން ވަކިކޮށް ސަލްމާން ރަސްގެފާނަށް ލަފާއަރުވާ އެޑްވައިޒަރެއްގެ މަޤާމަށް ބަދަލުކުރީ ދާދިފަހުން ސައުދީ ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލުގައެވެ.

އައިޑީބީއަކީ ރާއްޖެއަށްވެސް ތަފާތު މަޝްރޫއުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މާލީ އިދާރާއެކެވެ.
މިއަދު އޮންލައިން