ވަގުތީ މަތާފް ނަގައި ޙަރަމްފުޅުގެ ސަހައްދު ބޮޑުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ވަގުތީ މަތާފް ނަގައި ޙަރަމްފުޅުގެ ސަހައްދު ބޮޑުކޮށްފި
ހަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއައިރު އެ ސަރަހައްދުގައި އެޅި ވަގުތީ މަތާފް ނަގައި ހަރަމްފުޅުގެ ނަމާދުކުރާ ސަރަހައްދު ބޮޑުކޮށްފިއެވެ.

މިމަސައްކަތުގެ ސަބަބުން ޙަރަމްފުޅު އަރިހުގައި ނަމާދުކުރާ ސަރަހައްދާއި ތަވާފްކުރާ ސަރަހައްދު 3 ގުނައަށް ބޮޑުވެގެންދާނެއެވެ.

މިމަސައްކަތްކޮށްފައިވަނީ ވަރަށް ކުރު މުއްދަތެއްގައެވެ. 80 އިންޖިނޭރުންނާއި އެތައް ޙާސް މުވައްޒިފުން ކުރި މަސައްކަތުން 10،489 ބުރި މަޠާފް ނަގާފައިވަނީ އެންމެ 30 ދުވަހުގެތެރޭގައެވެ.

ރަމަޟާން މަހު އުމުރާވުމަށް ދާމީހުން ދާން ފެށުމުގެ ކުރިން ވަގުތީ މަތާފް ނަގައި ސަރަހައްދު ބޮޑުކުރުމަށް ސަލްމާން ރަސްގެފާނު ވަނީ އަމުރުފުޅު ކުރައްވައިފައެވެ. އަދި އެ މަސައްކަތް ލަސްވެގެން ޝަޢުބާން މަހުގެ 20 ވަނަ ދުވަހަށް ނިންމުމަށްވެސް ވަނީ އަމުރުފުޅު ކުރައްވައިފައެވެ.

ވަގުތީ މަތާފް ނަގައި ނިމިފައިވާތީ ސަރަހައްދު ބޮޑުވުމުން އުމުރާވުމަށާއި ޙައްޖުވުމަށްދާ މީހުންނަށް މިހާރު ވަނީ ވަރަށް ބޮޑަށް ފަސޭހަވެފައެވެ.
މިއަދު އޮންލައިން