އެމެރިކާގެ ރައީސްކަން ޑޮނާލްޑް ޓްރަމްޕަށް ނުލިބޭނެ ކަމަށާއި އެކަން އޭނާއަށް ޖެހޭނީ ހަނދާން ނައްތައިލަން ކަމަށް މަޝްހޫރު ފިލްމު ކުޅުންތެރިޔާ ޖޯޖް ކްލޫނީ ބުނެފިއެވެ.
ޖޯޖް ކްލޫނީ މިމޭރުމުން ބުނީ ކަނެސް ފިލްމް ފެސްޓިވަލުގައި ބުރާސްފަތި ދުވަހު ވާހަކަދައްކަމުންނެވެ.
ހިލަރީ ކްލިންޓަނުގެ ކެމްޕޭނަށް ފައިސާ ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރާ ޖޯޖް ކްލޫނީ ބުނީ ބިރުގަންނަމީހުންނަށް ޑްރައިވަރުކަން ނުކުރެވޭނެ ކަމަށާއި ޓްރަމްޕަކީ ބިރުން ފުރިގެންހުރި މީހެއް ކަމަށެވެ.
"އަހަރެމެން ޓެރަރިސްޓުން ދެކެ ބިރެއް ނުގަނޭ. މުސްލިމުން ދެކެވެސް ބިރެއް ނުގަނޭ. އަންހެނުން ދެކެވެސް، ހިޖުރަކުރާ މީހުން ދެކެވެސް ބިރެއް ނުގަނޭ. އެއްވެސް ބައަކު ދެކެ އަހަރެމެން ބިރެއް ނުގަނޭ. މިއީ އެމެރިކާ." އޭނާގެ އަންހެނުން އާމާލް ކްލޫނީ ވެސް ބައިވެރިވި މިހަފްލާގައި ވަރަށް ފޯރީގައި ވާހަކަ ދައްކަމުން ޖޯޖް ކްލޫނީ ބުނެފައިވެއެވެ.