ސުޝްމާ ސްވަރާޖް 3 ހަފްތާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ސުޝްމާ ސްވަރާޖް 3 ހަފްތާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފި
ތިން ހަފްތާގެ ފަރުވާއަށްފަހު އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް، އިންޑިއާގެ މިމްސް ހޮސްޕިޓަލުން މިއަދު ދޫކޮށްލައިފިއެވެ.

މިމްސް އިން ބުނީ އެކަމަނާއަށް ފަރުވާ ދިނީ ނިއުމޯނިއާ އަށާއި މެއިފުޅުގައި އުފެދުނު އިންފެކްޝަން އަދި ހުމަށް ކަމަށެވެ.

މިމްސް ހޮސްޕިޓަލުން ބުނީ އެކަމަނާއަށް ފަރުވާކުރީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޚާއްޞަ ޓީމަކުން ކަމަށާއި ހޮސްޕިޓަލުން ދޫކުރީ ވެސް ޚާއްޞަ ޓީމަކުން އެކަމަނާގެ ޞިއްޙީ ހާލުކޮޅު ކަށަވަރުކުރުމަށްފަހުގައި ކަމަށެވެ.

ސުޝްމާ ސްވަރާޖުގެ އާލާސްކަންފުޅުގެ ސަބަބެއް ކަމަށް ބެލެވެނީ އެކަމަނާގެ މަސައްކަތްޕުޅުގައި ގަދަ ޙޫނުގައި ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކެވެ.

ސުޝްމާ ސްވަރާޖް ވަނީ މިސަރުކާރުގައި ދެފަހަރު ރާއްޖެއަށް ޒިޔާރަތްކުރައްވައިފައެވެ.
މިއަދު އޮންލައިން