ފަލަސްޠީނުގެ މައްސަލައިގަ ބައިނަލްއަޤްވާމީ އެއްވެސް ފަރާތަކާ މަޝްވަރާ ނުކުރާނެކަމަށް އިޒްރޭލުން ބުނެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ފަލަސްޠީނުގެ މައްސަލައިގަ ބައިނަލްއަޤްވާމީ އެއްވެސް ފަރާތަކާ މަޝްވަރާ ނުކުރާނެކަމަށް އިޒްރޭލުން ބުނެފި
ފަލަސްޠީނުގެ މައްސަލައިގައި ބައިނަލްއަޤްވާމީ އެއްވެސް ފަރާތަކާއި މަޝްވަރާ ނުކުރާނެކަމަށް އަނެއްކާވެސް އިޒްރޭލުން ބުނެފިއެވެ.

އިޒްރޭލުން މިމޭރުމުން ބުނެފައިވަނީ ފަލަސްޠީނގެ މައްސަލަ ހައްލުކުރުމަށް އެމެރިކާއިން ކުރި މަސައްކަތްތައް ފެއިލްވުމުން ފްރާންސުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތްތަކަށް އިޒްރޭލުގެ އެއްބާރުލުން ހޯދުމަށް ފަރަންސޭސި ޚާރިޖީ ވަޒީރު އިޒްރޭލަށް ދިއުމުންނެވެ.

ބޮޑުވަޒީރު ނަތަޔާންހޫ ބުނީ ބައިނަލްއަޤްވާމީ ބައްދަލުވުމެއް ބާއްވައިފިނަމަ އިޒްރޭލުން ކުރުމަށް ގިނަ ކަންތައްތަކެއް ޝަރުޠުކުރާނެ ކަަމަށާއި އިޒްރޭލު އޮތީ އެފަދަ ޝަރުޠެއް ޤަބޫލުކުރާގޮތަށް ނޫން ކަމަށެވެ. އަދި މަޝްވަރާކުރަން ބޭނުންވަނީ އެއްވެސް ޝަރުޠެއް ނެތި ހަމައެކަނި ފަލަސްޠީނާއި ކަމަށެވެ.

ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ޙޯދުމަށް ފަރަންސޭސި ވިލާތުން މިމަހުގެ 30 ވަނަ ދުވަހު ބާއްވަން މަސައްކަތްކުރާ ބައްދަލުވުމުގައި އިޒްރޭލުން އަދި ފަލަސްޠީނުން ބައިވެރިނުވި ނުވި ނަމަވެސް ބައްދަލުވުން ކުރިއަށް ގެންދަން ފަރަންސޭސި ވިލާތުން ގެންދަނީ މަސައްކަތްކުރަމުންނެވެ.

ފަރަންސޭސިވިލާތުން ބުނެފައިވަނީ ފަލަސްޠީނުގެ މައްސަލައަކީ މުޅި މެދުއިރުމައްޗާއި ޔޫރަޕުގެ ސަލާމަތާއި ގުޅިފައިވާ މައްސަލައެއް ކަަމަށާއި ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.
މިއަދު އޮންލައިން