ގެމަނަފުށީ 77 ފަރާތަކުން ވޮލީ ކޭމްޕް ފުރިހަމަކޮށްފި
ގ.އ ގެމަނަފުށީ ޒުވާނުންނާއި ގެމަނަފުށީ ސްކޫލްގެ ގްރޭޑް 8،9 އަދި 10 ގައި ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން މި އަހަރުގެ އޭޕްރީލް މަހުގެ 22 ން މެއި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ވޮލީ ކޭމްޕު 77 ބައިވެރިން ފުރިހަމަކޮށްފިއެވެ.
ގއ.ގެމަނަފުށި ޕޮލިސްްޓޭޝަންނާއި ގއ.ގެމަނަފުށި ދަންމަރު ޖަމްއިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ ވޮލީ ކޭމްޕު ނިމި ބައިވެރިންނަށް ހަނދާނީ ލިޔުން
ދިނުމަށް މިމެއި މަހުގެ 13 ވަނަ ދުވަހު ގެމަނަފުށި ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައި ދެއްވީ ގެމަނަފުށި ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ މުޙައްމަދު ޝިޔާމްއެވެ.
މި ކޭމްޕުގައި ކިޔަވައިދީފައިވަނީ ވޮލީ ކޯޗެއްކަމަށްވާ ޕޮލިސް ސާޖަންޓް ޝާމިލް އާދަމްއެވެ.
ވޮލީ ކޯޗިންގ ކޭމްޕު ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި އަޕަރ ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ހަނީފް އާއި ގއ. އަތޮޅު ކޮމާންޑަރާއި ގެމަނަފުށި ކައުންސިލް މެމްބަރުންނާއި ގެމަނަފުށީގައި ހުރި މުއައްސަސާތަކުގެ ވެރިންނާއި ގެމަނަފުށީގެ ޒުވާނުން ބައިވެރިވިއެވެ.