އައިއެސްއާއި ގުޅިގެން "ޖިހާދު" ކުރުމަށް ފިރިމީހާއަށް ހިތްވަރުދިން އިރާޤް އަންހެނަކު 6 އަހަރަށް ޖަލަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
އައިއެސްއާއި ގުޅިގެން "ޖިހާދު" ކުރުމަށް ފިރިމީހާއަށް ހިތްވަރުދިން އިރާޤް އަންހެނަކު 6 އަހަރަށް ޖަލަށް
އައިއެސްއާއި ގުޅިގެން "ޖިހާދު" ކުރުމަށް ފިރިމީހާއަށް ހިތްވަރުދިން އިރާޤް އަންހެނަކު 6 އަހަރަށް ޖަލަށް ލުމަށް ސައުދީ ކޯޓަކުމް ކޮށްފިއެވެ.

ސައުދީ ސަލާމަތީ ބާރުތަކުން ވަނީ އަންހެން މީހާގެ އަޑުން ރެކޯޑްކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ފިރިމީހާއަށް ފޮނުވި އެފަދަ މެސެޖުތަކެއްގެ ރެކޯޑިންގތައް ކޯޓުގައި އިއްވައިފައެވެ.

އަންހެން މީހާ ވަނީ އޭނާގެ ހިތްވަރު އަންގައިދިނުމުގެ ގޮތުން އެތައް އަންހެނުންނަކަށްވެސް އޭނާގެ މެސެޖުތައް ފޮނުވައިފައެވެ. އަދި އޭނާ ވަނީ ސިއްރިޔާތުގައި އިރާޤަށް އެތެރެވުމަށް އޭނާގެ ފިރިމީހާއަށް އެހީތެރިވެފައެވެ.

އައިއެސްއަށް ތާއީދުކޮށް ބައެއް މައުލޫމާތު ފޯރުކޮށްދިންކަމުގެ ކުށުގައި ކުރީ ހަފްތާގައި ވެސް ސައުދީ ކޯޓަކުން ވަނީ ސައުދީ އަންހެނަކު 6 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައެވެ.

ރިޔާޛްގެ ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ އެއަންހެން މީހާ ވަނީ ސައުދީ ޖަލުތަކުގައި ތިބި އައިއެސްގެ ހަނގުރާމަވެރިން މިނިވަން ކުރުމަށް ގޮވާލައި ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.

ސައުދީ އަންހެން މީހާ ވަނީ އޭނާ ކުރިކުށަށް އިއުތިރާފްވެ އެފަދަ އަމަލުތަކާއި ދުރުހެލިވާން ބޭނުން ކަމަށް ބުނެފައެވެ.
މިއަދު އޮންލައިން