ޙައްޖުވުމަށް މީހުން ނުފޮނުވުމުގެ ޒިންމާ އުފުލަންޖެހޭނީ ނުފޮނުވި ބައެއް: ސައުދީ ޙައްޖު މިނިސްޓްރީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ޙައްޖުވުމަށް މީހުން ނުފޮނުވުމުގެ ޒިންމާ އުފުލަންޖެހޭނީ ނުފޮނުވި ބައެއް: ސައުދީ ޙައްޖު މިނިސްޓްރީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ބޭނުންވާ މީހުން، ސައުދީން ދޫކުރާ ޙައްޖު ކޯޓާގެދަށުން ޙައްޖަށް ނުފޮނުވުމުގެ ޒިންމާ އުފުލަންޖެހޭނީ ހައްޖަށް މީހުން ނުފޮނުވި ބައަކު ކަމަށް ސައުދީ ޙައްޖު މިނިސްޓްރީން ބުނެފިއެވެ.

ސައުދީ ހައްޖު މިނިސްޓްރީން މިމޭރުމުން ބުނީ ޙައްޖު ވުމަށްޓަކައި ސަރުކާރުތަކުން ފުރިހަމަކުރަންޖެހޭ ކަންކަން އަދިވެސް އީރާނު ސަރުކާރުން ފުރިހަަމަ ނުކޮށް ތަފާތު ބަހަނާތައް އީރާނުން ނެރެމުން ގެންދާތީއެވެ.

އީރާނުން މިހާރު ބުނެފައިވަނީ ޙައްޖުވެރިންގެ ވިސާ އާއިބެހޭ ހުރިހައި ކަންކަމެއް ފުރިހަމަކުރަންޖެހޭނީ ސައުދިއަރަބިޔާގައި ކަމަށެވެ. އަދި ފުރަން ދިއުމުން ވަގުތުން ވިސާ ލިބެންޖެހޭނެ ކަމަށެވެ.

ސައުދީ ހައްޖު މިނިސްޓްރީން ބުނެފައިވަނީ އެކި ޤައުމަށް އެކި ގޮތް ނުހެދޭނެ ކަމަށާއި އީރާނަށްވެސް ޖެހޭނީ އެހެން ޤައުމުތަކުން އަމަލުކުރާ ގޮތަށް އަމަލުކުރަން ކަމަށެވެ. އަދި ވިސާ ދޫކުރުމުގެ ކަންކަން ހުރިހައި ޤައުމުތަކެއްގައިވެސް ކުރިއަށް ގެންދަނީ އެއް އުޞޫލަކުން ކަމަށެވެ.

ސައުދީ ހައްޖު މިނިސްޓްރީން ބުނެފައިވަނީ ހުރިހައި ޤައުމެއްގެ ޙައްޖުވެރިންނަށްވެސް ސައުދިއަރަބިޔާއިން މަރުހަބާކިޔައި އަމަލުކުރާނީ އެއް އުޞޫލަކުން ކަމަށެވެ. އެއްވެސް ޤައުމެއްގެ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށެވެ.
މިއަދު އޮންލައިން