ބުރުގާ ނާޅާތިބެ އިންސްޓަގްރާމަށް ފޮޓޯލައި މޮޑެލް ކުރާ 8 އަންހެނަކު އީރާނުން ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ބުރުގާ ނާޅާތިބެ އިންސްޓަގްރާމަށް ފޮޓޯލައި މޮޑެލް ކުރާ 8 އަންހެނަކު އީރާނުން ހައްޔަރުކޮށްފި
ބުރުގާ ނާޅާތިބެ އިންސްޓަގްރާމަށް ފޮޓޯލައި މޮޑެލް ކުރާ 8 އަންހެނަކު އީރާނުން ހައްޔަރުކޮށްފިއެވެ.

އީރާނުގެ ޖިނާއީ ކޯޓުން ބުނީ ބުރުގާ ނުއަޅައިތިބެ ފޮޓޯ ނަގައި ފޮޓޯތައް ޢާންމު ކުރުމަކީ ޖިނާޢީ ކުށެއް ކަމަށާއި އެކަމާއި ގުޅިގެން ގިނަ ބައަކު ހޯދަމުން ގެންދާ ކަމަށެވެ. އަދި މިހައިތަނަށް އަތުލައިގަނެވުނީ 20 ވަރަކަށް އަންހެނުން ކަމަށާއި އެއިގެ ތެރެއިން ބައެއް އަންހެނުން އެކަން ކޮށްފައިވަނީ އެއީ ކިހައިވަރެއްގެ ކުށެއްކަން ނުއެނގި ތިބެ ކަމަށްވާތީ އެމީހުންނަށް ނަޞޭހަތްތެރިވުމަށްފަހު ދޫކޮށްލައިފައިވާ ކަމަށެވެ.

"1979 ވަނަ އަހަރުން ފެށިގެން ބޮލުގެ އިސްތަށިގަނޑު ނިވާކުރުމަކީ އީރާނުގައި މަޖުބޫރުކަމެއް. އެހެންވީމާ އެނޫން ގޮތަކަށް ސޯޝަލް މީޑިއާތަކުގައި ފޯޓޯ ލުމަކީ ޖިނާޢީ ކުށެއް. އެކުރަނީ އިސްލާމް ދީނާ ޚިލާފް އަމަލެއް. އެކަން ހުއްޓުވާނަން." ކޯޓުން ބުނެފައިވެއެވެ.

އިރާނުން ވަނީ ފޭސްބުކާއި ޔޫޓިޔުބް އަދި ޓްވިޓަރ ބަންދުކޮށްފައެވެ. ނަމަވެސް އަދި އިންސްޓަގްރާމް ބަންދެއް ނުކުރެއެވެ.

އިންސްޓަގްރާމަށް ފޮޓޯލައި މޮޑެލް ކުރަމުންދިއަ އަންހެނަކު ބުނެފައިވަނީ އޭނާ އެކަން ކުރަނީ އާމްދަނީ ހޯދަން ކަމަށާއި މަހަކު 3،300 ޑޮލަރު އެމަސައްކަތުން ލިބޭ ކަމަށެވެ.
މިއަދު އޮންލައިން