މިއަރެއް އަތުގަ ދަތްއެޅުމުން މިއަރާއެކު ހޮސްޕިޓަލަށް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
މިއަރެއް އަތުގަ ދަތްއެޅުމުން މިއަރާއެކު ހޮސްޕިޓަލަށް
އެމެރިކާގެ ބޮކާ ރޮޓަންގެ މޫދަށް އެރި އުޅެނިކޮށް މިއަރެއް (ނަރސް ޝާރކް) އަތުގައި ދަތް އެޅުމުން މިއަރާއިއެކު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އުމުރުން 23 އަހަރުގެ އަންހެން ކުއްޖާގެ އަތުގައި 2 ފޫޓު ހުރި މިއަރު ދަތް އެޅުމުން ގޮނޑުދޮށުގައި ހުރި މީހަކު ވަނީ މިއަރު މަރާލައިފައެވެ. ނަމަވެސް އެއްވެސް މީހަކަށް މިއަރު އޭނާގެ އަތުން ނައްޓައިލާކަށް ނުކެރުނެވެ. މާގިނައިން ލޭ ފައިބައިފާނެކަމަށެވެ.

ޕެރަމެޑިކް ޓީމުން އައިސް އަންހެން މިހާއަށް އޮކްސިޖަން ދިނުމަށްފަހު ހޮސްޕިޓަލަށް ގެންދިއައީ މިއަރު ނުގުޑާނެ ގޮތަށް ބޯޑެއްގައި މިއަރު އައްސައިގެންނެވެ.

އެސަރަހައްދަށް މޫދަށް އެރޭ މީހުންގެ ސަލާމަތްތެރިކަން ބަލަހައްޓާ މީހަކު ބުނީ ނަރސް ޝާރކަކީ އެސަރަހައްދުގައި އާންމު ބާވަތެއް ކަމަށެވެ. އަދި އެއީ 3 މީޓަރާއި 4.3 މީޓަރަށް ބޮޑުވާ އެއްޗެއް ކަމަށެވެ. "މިފަދަ ކަމެއް އަހަރެންގެ މުޅި ހަޔާތަކުވެސް ދިމައެއް ނުވޭ. ނަރސް ޝާރކަކީ ޞުލްޙަވެރި މިއަރެއް. އެއްވެސް ހަރަކާތެއްނެތި އަޑީގައި އޮށޯވެވެސް އޮންނަ އެއްޗެއް އެއީ،"

މަންޒަރު ބަލަން ތިބި މީހުން ބުނީ އެއިރު އެ ސަރަހައްދަށް މޫދަށް އެރި އުޅުނު ބައެއް ޒުވާނުން މިއަރުތަކުގެ ނިގުލުގައި ހިފައި ރުޅިއަރުވަމުންދިއަ ކަމަށެވެ.
މިއަދު އޮންލައިން