ކެނެޑާގެ އަލްބަރޓޯގެ ޖަންގަލީގައި ރޯވި އަލިފާން އަދިވެސް ކޮންޓްރޯލް ނުކުރެވި އަނދަމުންދާތީ އެ ސަރަހައްދުގައި ހުރި ތެޔޮވަޅުތަކުގައި ތިބި މީހުން އެތަންތަން ދޫކޮށް ދިއުމަށް ހޯމަ ދުވަހު ވަނީ އަންގައިފައެވެ.
ތެޔޮވަޅުތަކުގައި މަސައްކަތްކުރާ މީހުން ދިރިއުޅޭ ކޭމްޕެއް އެ ސަރަހައްދުގައި ހުންނައިރު އަލިފާންގަނޑު ވަނީ އެދިމާއަށް މިސްރާބު ހިފައިފައެވެ.
މިސަރަހައްދަކީ ދުވާލަކު މިލިއަނެއްހައި ކްރޫޑް އޮއިލް ނަގަމުން ގެންދާ ސަރަހައްދެކެވެ. ތެޔޮ ނެގުމުގެ މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއް ފާއިތުވުމުން ކެނެޑާގެ އިޤްޠިޞާދަށް މިކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އަލިފާން ނިއްވަން މަސައްކަތްކުރާ ޓީމުގެ އިސްވެރިޔާ ބުނީ އަނދަމުންދާ ބާރުމިނަށް ބަލާއިރު އަލިފާން ނިއްވާ ލޮރީތަކަށް ނުވަތަ ހެލިކޮޕްޓަރުތަކަށް ކުރެވޭނެ އެއްެވެސް ކަމެއް މިހާރުު ނެތް ކަމަށެވެ.
ކެނެޑާގެ ޖަންގަލީގައި ރޯވި އަލިފާނުގެ ސަބަބުން މިހާރުވެސް ވަނީ 704،000 އޭކަރުގެ ސަރަހައްދެއް އެކުގައި އަނދައިފައެވެ.