އެމީހުން އަހަރެންގެ ގައިން މަސްކެފި، ކާން ނުދީ އަނގަފަހާފަ ބެހެއްޓި، ނިޔަފަތިތައް އުފުރި: ޝަހްބާޒް ތަސީރް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އެމީހުން އަހަރެންގެ ގައިން މަސްކެފި، ކާން ނުދީ އަނގަފަހާފަ ބެހެއްޓި، ނިޔަފަތިތައް އުފުރި: ޝަހްބާޒް ތަސީރް
ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސްގައި އަވަހާރަކޮށްލެވިފައިވާ ގަވަރުނަރު، ސަލްމާން ތަސީރުގެ ދަރިފުޅު ޝަހްބާޒް ތަސީރު ބުނީ އޭނާ ވަގަށް ނެގި މީހުން އޭނާގެ ބުރަކަށިން މަސްކެފި ކަމަށާއި އަންގަ ފަހައި ކާން ނުދީ ހަފްތާއެއް ވަންދެން ބެހެއްޓި ކަމަށާއި ނިޔަފަތިތައް އެތައް ފަހަރަކު އުފުރި ކަމަށެވެ.

"ބައެއް ފަހަރު ބުނާނެ މާދަމާ ނިޔަފަތި އުފުރާނަމޭ. ދެން އަހަރެން ހުންނަނީ ﷲ އަށް ދުޢާކުރުންމަތީ. އެކަމަށް ހިތްވަރު ދެއްވަވާތޯ. އެކަމުން ސަލާމަތް ކުރައްވަވާތޯ."

ޝަޖްބާޒް ބުނީ އަނިޔާ ކުރުމަކީ ޢާންމު ކަމެއް ކަމަށާއި ފަރުވާ ކުރުމާއި އޯގާތެރިކޮށް ހިތުމަކީ ނެތް ކަންކަން ކަމަށެވެ. ގައިގައި އަޅާ އެއްވެސް ވޭނަކުން އެމީހުންނަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ. "3 ދުވަސްތެރޭގައި ޖެހުނުހައި ބާރަކަށް 500 އެތިފަހަރުޖަހައި ތައުޒީރުވެސް ކުރި."

ޝަހްބާޒް ދިރިއުޅޭގެއިން ވަގަށް ނަގައިގެން ގެންދިއައީ އަލްޤައިދާއަށް ތާއީދުކުރާ އުޒްބްގެ ހަނގުރާމަވެރިންނެވެ. ވަގަށް ނަގައިގެން ގެންގޮސް އަލްޤައިދާ އާއި ހަވާލުކުރުމުން އެމީހުންގެ އަތްދަށުގައި އެހާލުގައި 5 އަހަރު ހޭދަކުރުމަށްފަހު މިހާރު ޝަހްބާޒް ވަނީ ސަލާމަތްވެފައެވެ. އެނބުރި ގެއަށް އާދެވިފައެވެ. ތާލިބާނުން އޭނާ ހައްޔަރުކޮށްގެން އަފްގާނިސްތާނުގައި ގެންގުޅުނު ޖަލު އެމީހުންގެ އަތްދަށުން ދިއުމުންނެވެ.

ޝަހްބާޒް އާއިބެހޭ ގޮތުން ހިތްވަރާއި ތައުރީފުގެ ބަސްތައް ދަނީ ރައްދުކުރަމުންނެވެ. ނަމަވެސް އޭނާ ބުނަނީ އޭނާއަށް ސަލާމަތްވެވުނީ ކެތްތެރިކަމުގެ ސަބަބުން ކަމަށެވެ. އެމީހުން ދިން އެއްވެސް އަނިޔާއަކާއި ގުޅިގެން އެއްވެސް ބަހެއް ނުބުނެ މަޑުން ހުރުމުން ކަމަށެވެ. މެދުކެނޑުމެއް ނެތި ﷲ އަށް ދެންނެވި ދެންނެވުންތަކުގެ ސަބަބުން ކަމަށެވެ.
މިއަދު އޮންލައިން