ވޯޓުގައި ވާދަކުރުމެއް ނެތި އެފްއޭއެމްގެ ރައީސްކަމަށް އަޙްމަދު ޠާރިޤް އިންތިޚާބުވެއްޖެއެވެ.
ޠާރިޤް އިންތިޚާބުވީ އެކަމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވިއިރު އިތުރު ފަރާތަކުން އެކަމަށް ކުރިމަތިލާފައި ނުވުމުންނެވެ. އެހެންކަމުން އެފްއޭއެމްގެ ކުރިއަށް އޮރް އިންތިޚާބުގައި މަޤާމު ކަށަވަރުކުރުމަށް ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ.
މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް އަކީ ކްލަބް އީގަލްސްގެ ވައިސް ޗެއަރމަންވެސް މެއެވެ. އަދި އޭނާއަކީ ދިވެހި ޤައުމީ ޓީމުގެ ފޯވާރޑަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.
ޠާރިޤް އޭނާގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލީ ދިވެހި ފުޓްބޯޅައިގެ އިސް ގިނަ ފަރާތްތަކަކާއި އަދި ގިނަ އަދަދެއްގެ ކުޅުންތެރިންގެ ތާއީދާއިއެކުގައި ކަމަށެވެ.
ޠާރިޤް ވިދާޅުވެފައިވަނީ ރާއްޖެއަކީ ސަރަހައްދީ ފުޓްބޯޅައިގައި ގަދަ ބާރެއް ކަމަށާއި ރާއްޖޭގެ ފުޓްބޯލައަށް އިތުރު ކާމިޔާބީ ހޯއްދަވައި ދެއްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންނާއި ހެޔޮއެދޭ ގިނަ ފަރާތްތަކަކުން މިހާރުވެސް ގެންދަނީ ޠާރިޤަށް މަރުޙަބާ ކިޔަމުންނެވެ.