ވީއޭއެމް ޕްރެސިޑެންޓްސް ކަޕް ގެ ފައިނަލުގައި ޕޮލިސް ކުލަބާއި މޯލްޑިވިއަން ވާދަކުރާ މެޗު މިރޭ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ވީއޭއެމް ޕްރެސިޑެންޓްސް ކަޕްގެ ފުރަތަމަ ފައިނަލުގައި ޕޮލިސް ކުލަބާއި މޯލްޑިވިއަން ވާދަކުރާނެއެވެ.
މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
ޖުމްލަ 3 ޓީމު ވާދަކުރާ މި މުބާރާތުގައި ފައިނަލުން ޕޮލިސް ކުލަބު ޖާގަ ހޯދާފައިވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެންނެވެ. އަދި މޯލްޑިވިއަން ފައިނަލުން ޖާގަހޯދީ މެއި 16 ވަނަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ޔޫތު ނިއު ޖެނެރޭޝަންގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މި މުބާރާތުގައި ޖުމަލް 3 ފައިނަލެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި 3 ފައިނަލުގެ ތެރެއިން 2 ފައިނަލެއް ކާމިޔާބުކުރާ ޓީމަކަށް މުބާރާތުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ.
މި މުބާރާތުގެ މިރޭ ކުޅޭއިރި ދެވަނަ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މެއި 19 ވަނަ ދުވަހުގެރޭ 20:30 ގައެވެ. އަދި ތިން ވަނަ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މެއި 21 ވަނަ ދުވަހުގެރޭ 20:30 ގައެވެ.