އެފްއޭއެމްގެ ރައީސް ކަމަށް ނަން ހުށަހެޅުއްވި ހަމައެކަނި ކެންޑިޑޭޓް، އަޙްމަދު ޠާރިޤްގެ ކެންޑިޑެސީ ބަލައިގެންފިއެވެ.
އެފްއޭއެމުން މިއަދު ބުނީ އަހްމަދު ޠާރިޤްގެ ޝަރުޠުތައް ހަމަވާކަމަށް ނިންމައި ކެންޑިޑެސީ ޤަބޫލުކުރި ކަމަށް އެފްއޭއެމްގެ އެލެކްޓޯރަލް ކޮމިޓީން މިއަދު ވަނީ ނިންމާފައި ކަމަށެވެ.
މިމަހުގެ 31 ވަނަ ދުވަހު ބާއްވާ އެގްޒެކަޓިވް ކޮމިޓީ އިންތިޚާބުކުރުމުގައި ފުރަތަމަ ނައިބްރައީސަކަށް ހުށަހަޅާފައިވަނީ މުޙައްމަދު ކަލީމް (ސޮނީ ކަލީމް) އެވެ. ދެބަނަ ނައިބްރަީސަކަށް ހުށަހަޅާފައިވަނީ ޢަލީ އުމަރު އެވެ.
މެންބަަރުންގެ ގޮތުގައި ހުށަހަޅާފައިވަނީ އަހްމަދު ޝަކީބް، އަސްއަދު ޢަބްދުލްޣަނީ، މުޙައްމަދު ޢީސާ، އަޙްމަދު ޒަރީރު އަޙްމަދު ޝިޔާމް އަދި ޢާއިޝަތު ނާޒިމާއެވެ.