އދގެ ޞުލްޙަބަލަހައްޓާ ފައުޖުތަކާއި އދ ގެ މިޝަންތަކުގެ މުވައްޒިފުން މިއަހަރުގެ މިހައިތަނަށް އިއްފަތްތެރިކަމަށް އަރައިގަތުމުގެ 44 މައްސަލަ ހުށަހޅާފައިވާ ކަމަށާއި އެއިގެ ތެރޭގައި 40 ކުޑަކުދިންގެ އިއްފަތްތެރިކަން ނަގައިލި މައްސަލަ ހިމެނޭ ކަމަށް އދ އިން ބުނެފިއެވެ.
އދ ގެ ތަރުޖަމާނު ސްޓެފަންސް ބުނީ މީގެ ތެރެއިން 29 މައްސަލަ ހުށަހަޅާފައިވަނީ ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ތިބި ޞުލްޙަ ބަލަހައްޓާ ފައުޖުތަކާއި ދެކޮޅަށް ކަމަށެވެ. ކޮންގޯގައި 7 މައްސަލަ، ހައިތީގައި 2 މައްސަލަ އަދި ދެކުނު ސޫދާނާއި އައިވަރީ ކޯސްޓާއި މާލީ، އަބެއީ އަދި ލިބިޔާ އިން 1 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އދ ގެ ފައުޖުތަކުގެ މިފަދަ މައްސަލަތައް ހުށަހެޅެމުން އަންނައިރު މިނިވަންކަމާއިއެކު ހަރަކާތްތެރިވާ ފަރަންސޭސި ވިލާތުގެ ސަންގާރިސް ފައުޖުގެ މިފަދަ އަމަލުތައްވެސް ދަނީ އިތުރުވަމުންނެވެ.
ތަރުޖަމާނު ބުނީ މިފަދަ މައްސަލަތަކާއި ގުޅިގެން 108 ފަރާތަކުން މައްސަލަތައް ހުށަހަޅާފައިވާ ކަމަށާއި އެއިގެތެރޭގައި އަންހެނުންނާއި އަންހެން ކުޑަކުދިންގެ މައްސަލަތައް ހިމެނޭ ކަމަށެވެ. މިފަދަ މައްސަލަތަކާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅު އދ އިން ނުއަޅާތީ އިންސާނީ ޙައްޤުތަކާއިބެހޭ ގިނަ ޖަމާއަތްތަކަކުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.