ދިރިހުރިހާ ހިނދަކު ދެމިހުންނާނީ ރައްޔިތުންގެ ޚިދުމަތުގަ: ޖަޔަލަލިތާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ދިރިހުރިހާ ހިނދަކު ދެމިހުންނާނީ ރައްޔިތުންގެ ޚިދުމަތުގަ: ޖަޔަލަލިތާ
ދިރިހުންނެވިހައި ދުވަހަކު ދެމިހުންނަވާނީ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއިއެކު ޚިދުމަތްކުރެއްވުންމަތީގައި ކަމަށް ޓެމިލްނާޑޫގެ ޗީފް މިނިސްޓަރ ޖަޔާލަލިތާ ވިދާޅުވެއްޖެއެވެ.

ޖަޔާލަލިތާ މިމޭރުމުން ވިދާޅުވީ ޓެމިލްނާޑޫގައި ބުރާސްފަތި ދުވަހު ބޭއްވި ޢާންމު އިންތިޚާބުގައި އިތުރު ފަސް އަހަރަށް މަޤާމަށް ބޮޑު ތާއީދަކާއިއެކު އިންތިޚާބުވެވަޑައިގަތުމުންނެވެ.

ބައެއް ފަރާތްތަކުން ނެގި ޚިޔާލު ހޯދުމުގެ ޕޮލްތަކުގައި ދެއްކި ކަމަށް ބުނެފައިވަނީ ޖަޔާލަލިތާގެ ޕާޓީއަށް އިންތިޚާބު ކާމިޔާބުނުކުރެވޭނެ ކަމަށް ނަމަވެސް ޕާލަމެންޓުގެ 232 ގޮނޑީގެ ތެރެއިން 134 ގޮނޑި އޭއައިޑީއެމްކޭއަށް ވަނީ ކާމިޔާބުކުރެވިފައެވެ.

ޖަޔަލަލިތާ ވިދާޅުވީ 1984 ވަނައަހަރަށްފަހު އެއްވެސް ޕާޓީއަކުން ވެރިކަން ކުރަމުން ދެވަނަ ދައުރަކަށް އިންތިޚާބު ކާމިޔާބުކުރެވިފައި ނުވުމުން މިއީ އެޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ޖަޔާލަލިތާގެ ވެރިކަން ނިމުމަކަށް ގެންނަން މަސައްކަތްކުރީ ޑީއެމްކޭ ކޮންގެސްއަށް ލިބިފައިވަނީ 97 ސީޓެވެ.

ޓެމިލްނާޑޫގައި ޖަޔާލަލިތާގެ މަޤްބޫލުކަން އެންމެބޮޑަށް އިތުރުވާ އެއް ސަބަބަކީ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދެއްވުންކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން