ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކޮލޮމްބޯގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ސިފައިންނާއި ރައްޔިތުން ގުޅިގެން މިއަދު ހެނދުނާއި ހަމައަށް ވަނީ 20،000 މީހުން ސަލާމަތް ސަރަހައްދުތަކަށް ގެންގޮސްފައެވެ. ނޭވީން ވަނީ 6،300 މީހުން ސަލާމަތް ސަރަހައްދުތަކަށް ގެންގޮސްފައެވެ.
ތޫފާން ރޯނުގެ ސަބަބުން ލަންކާއަށް ކުރި ވިއްސާރައިގަ މަރުވިމީހުންގެ އަދަދު ވަނީ 64އަށް އަރައިފައެވެ. 150 އަށްވުރެ ގިނަ މީހުންނަށް ވީގޮތެއް އަދި ނުއެނގޭއިރު ސިފައިން މިހާރު ބުނަނީ އެމީހުން ވަނީ ކިސަނޑުތަކުގައި ވަޅުލެވިފައިކަމަށް ބެލެވޭ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން 400،000 އަށްވުރެ ގިނަ މީހުންނަށް ވިއްސާރައިގެ ސަބަބުން ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. އެއިގެތެރެއިން 100،000 މީހުންނަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ.
ތޫފާން ރޯނުގައި އެންމެ ގިނަ އަދަދަކަށް އަދި ވާރޭ ވެހިފައިވަނީ ސްރީލަންކާއަށެވެ. ކޮލޮމްބޯއަސް 500 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު އިންްޑިއާ އަށް އަދި ގިނައިން ވާރޭ ވެހުނު ސަރަހައްދުަތަކަށް ވެހިފައިވަނީ 234 މިލިމީޓަރުގެ ވާރޭއެވެ.