މިޞުރުގެ މަތިންދާ ބޯޓު ވެށްޓުނީ ހަމަލާއަކުން ކަމަށް ބެލެވޭ: މިޞުރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
މިޞުރުގެ މަތިންދާ ބޯޓު ވެށްޓުނީ ހަމަލާއަކުން ކަމަށް ބެލެވޭ: މިޞުރު
ޕެރިހުން ފުރައިގެން ބުރާސްފަތި ދުވަހު މިޞުރަށް ދަތުރުކުރަނިކޮށް 66 ފަސިންޖަރުންނާއިއެކު ބުރާސްފަތި ދުވަހު ވެށްޓިފައިވާ މިޞުރުގެ މަތިންދާ ބޯޓު ވެށްޓުނީ ޓެރަރިސޓުންގެ ހަމަލާއަކުން ކަމަށް ބެލެވޭ ކަމަށް މިޞުރުގެ އޮފިޝަލެއް ވިދާޅުވެއްޖެއެވެ.

އޮފިޝަލްވިދާޅުވީ ފްލައިޓަށް އެއްވެސް މައްސަލައެއް ދިމާވި ކަމުގެ އެއްވެސް މެސެޖެއް ޕައިލެޓް ފޮނުވާފައި ނުވާ ކަމަށެވެ. އަދި އެހައި މަތިން ދަނިކޮށް ޓެކްނިކަލް ކަމެއް މެދުވެރިވިނަމަ ކޮންމެވެސް ވަރެއްގެ މެސެޖެއް ފޮނުވާނެ ފުރުޞަތު ޕައިލެޓަށް ލިބޭނެ ކަމަށެވެ.

މިޞުރުގެ އަލެކްސަންޑްރިއާ އާއި 290 ކިލޯމީޓަރު ދުރުން މިއަދުވަނީ ބައެއް ފަސިންޖަރުންގެ ތަކެއްޗާއި ފްލައިޓުގެ ބައެއް ހޯދާފައެވެ.

ގްރީކްގެ ޑިފެންސް މިނިސްޓްރީން ބުނީ ފްލައިޓް ގެއްލުމުގެ ކުރިން ދެ ފަހަރަކު މިސްރާބު ބަދަލުކުރި ކަމަށެވެ. އަދި ފްލައިޓު ގެއްލުމުގެ ކުރިން 37،000 ފީޓުން 15،000 ފޫޓަށް ތިރިވުމުގެކުރިން ވައަތް ފަރާތަށާއި ކަނާއަތް ފަރާތަށް ބޯޓު އެނބުރި ކަމަށާއި ކަނާއަތް ފަރާތަށް ވަށައި ބުރެއް ޖެހިކަމަށެވެ. އަދި ފްލައިޓް ރާޑަރަށް ގެއްލުނީ 10،000 ފޫޓާއި ހަަމއިން ކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

ވެށްޓުނު ސަބަބު ނުއެނގޭ ގިނަ ފްލައިޓްތަކެއް ވެށްޓެމުންދާއިރު މެލޭސިޔާގެ 370 ފްލައިޓުގެ މައްސަލަ އަދި ވެސް އޮތީ ވީގޮތެއްވެސް ނުއެނގޭ މައްސަލައެއްގެ ގޮތުގައެވެ.
މިއަދު އޮންލައިން