ސައުދީން އަލްޤައިދާއަށް ދުވަހަކު ތާއީދު ނުކުރާއިރު އަޤއިދާ ކުރި ކަމެއްގެ އަދަބު ސައުދީއަކަށް ނުދެވޭނެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ސައުދީން އަލްޤައިދާއަށް ދުވަހަކު ތާއީދު ނުކުރާއިރު އަޤއިދާ ކުރި ކަމެއްގެ އަދަބު ސައުދީއަކަށް ނުދެވޭނެ


އެމެރިކާއަށް ފަހުގެ ތާރީޚުގައި ކުރިމަތިވި އެންމެ ބޮޑު ހާދިސާކަމަށްވާ 11/9 ގެ ހާދިސާ ހިންގީ އަލްޤައިދާއިން ކަމަށް ކަނޑައެޅީ އެމެރިކާއިންނެވެ. އެކަމުގެ ހެކިތައްވެސް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ. އަދި މިހައިތަނަށްވެސް އެކަމުގައި އެނޫން ގޮތަކަށް އެމެރިކާއިން ވާހަކަ ދައްކާފައެއް ނުވެއެވެ. އަދި ބަޔާނެއްވެސް ނެރެފައެއް ނުވެއެވެ.



1990 ވަނަ އަހަރުން ފެށިގެން ސައުދިއަރަބިޔާއިން ގެންދަނީ އަލްޤައިދާ އާއި ދެކޮޅަށް ފައުޅުގައި ހަރަކާތްތެރިވަމުންނެވެ. އަލްޤައިދާ ނައްތައިލުމަށް ފައުޅުގައި ހަމަލާ ދެމުންނެވެ. އަލްޤައިދާގެ އެއްވެސް ލީޑަރަކަށް ނުވަތަ ހަރަކާތްތެރިއަކަށް ސައުދިއަރަބިޔާއިން ހިމާޔަތް ދީފައެއް ނުވެއެވެ.



އެެމރިކާއިން މިހާރު ފާސްކުރަމުން ގެންދާ ބިލުގެ ސަބަބުން އެމެރިކާގައި ހުރި ސައުދީ އިންވެސްޓްމަންޓްތައް އެކުގައި ހިފުމުގެ ފުރުޞަތު ލިބޭނެއެވެ. 3000 މީހުންގެ ަމރުގެ ދިޔަ އާއި ލިބުނު ގެއްލުންތަކުގެ ބަދަލު ދޭން ޖައްސާނެއެވެ. މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ އެމެރިކާގައި ހުރި ސައުދިއަރަބިޔާގެ 750 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންތޗ އެމެރިކާ އިން ނެގުމެވެ.



11/9 ގެ ހާދިސާ ސައުދިއަރަބިޔާ އާއި ގުޅުވައި އެހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ އެއްވެސް ބަދަލެއް ސައުދިއަރަބިޔާއަށް ދޭންޖެހުމަކީ އެއްވެސް އުޞޫލަކުން ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެން ނަމަވެސް މުސްލިމް ޤައުމުތަކުގެ ފައިސާ ބޮދެތި އަދަދުތަކުން އަތުލުމާއި ހިފެހެއްޓުމަކީ އެމެރިކާއިން އަަބދުވެސް ކުރަމުން އަންނަ ކަމެކެވެ.
މިއަދު އޮންލައިން