މިޞުރުގެ ފްލައިޓު ވެށްޓުމުގެ ކުރިން ކެބިނުން ދުން ފެނުނު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
މިޞުރުގެ ފްލައިޓު ވެށްޓުމުގެ ކުރިން ކެބިނުން ދުން ފެނުނު



މެޑިޓެރޭނިއަން ކަނޑަށް ބުރާސްފަތި ދުވަހު ވެށްޓުނު މިޞުރުގެ ފްލައިޓް ވެށޓުމުގެ ކުރިން ފްލައިޓުގެ ކެބިނުން ދުމުގެ އަސަރު ފެނިފައިވާ ކަމަށް ތަޖުރިބާކާރުން ލަފާކޮށްފިއެވެ.





މިކަން ލަފާކޮށްފައިވަނީ ކެބިނުގައި ހުންނަ "އަކާރސް" ޔުނިޓަކުން އޮޓޮމެޓިކުން ފޮނުވާފައި ހުންނަ ފޮޓޯތައް ބަލައިގެންނެވެ. ނަމަވެސް މިކަން އެވަރުން އަދި ޔަޤީން ނުކުރެވޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.





ފްލައިޓު ވެށްޓެން މެދުވެރިވި ސަބަބާއިމެދު ސުވާލުތައް އުފެދުނު ނަމަވެސް ފްލައިޓު އެންމެ ފަހުން ފުރި ފްރާންސުން ބުނަނީ ފްލައިޓު ވެށްޓެން މެދުވެރިވީ ޓެރަރިސްޓް ހަމަލާއަކުން ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.





ފްލައިޓުން ދަތރުުކުރި 63 މީހުންނާއި 3 ކުޑަކުދިންނާއި ފަޅުވެރިން އެކުގައި މަރުވެފައިވާކަން މިހާރު ވަނީ ޔަޤީން ކުރެވިފައެވެ. ފްލައިޓުގެ ބައަކާއި ބައެއް ފަސިންޖަރުންގެ ސާމާނު ހުކުރު ދުވަހު ކަނޑުން ފެނުމުންނެވެ.





މިހާދިސާ އާއި ގުޅިގެން ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ފްލަިޓުގެ ކަޅު ފޮށި ހޯދުމަށް ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއަދު އޮންލައިން