މޯދީ ޤަތަރަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މޯދީ ޤަތަރަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޤަތަރަށް ރަސްމީ ދަތރުުފުޅެއް ކުރައްވަން ހަމަޖެހިއްޖެއެވެ.

ޤަތަރުން ބުނީ ޤަތަރުގެ އަމީރު ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމާދު އަލްޘާނީ ގެ ދައުވަތަކަށް މޯދީ ކުރައްވާ މިދަތުރުފުޅު ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 4 ވަނަ ދުވަހާއި 5 ވަނަ ދުވަހަށް ކަމަށެވެ.

މިއީ 2008 ވަނަ އަހަރު އެއިރުގެ ބޮޑުވަޒީރު މަންމޯހަން ސިންހް ޤަތަރަށް ކުރެއްވި ދަތުރުފުޅަށްފަހު އިންޑިއާގެ ބޮޑުވަޒީރަކު ޤަތަރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ޤަތަރުގެ އަމީރު ވަނީ 2015 ވަނަ އަހަރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

ޤަތަރުގައި މަސައްކަތްކުރާ ބޭރު ޤައުމުތަކުގެ އާބާދީއަށް ބަލައިފިނަމަ އެންމެ ގިނައީ އިންޑިއާ ރައްޔިތުންނެވެ. ޤަތަރުގައި އިންޑިއާގެ 630،000 އަށްވުރެ ގިނަ މީހުން މަސައްކަތް ކުރެއެވެ.

ވިޔަފާރިއަށް ބަލައިފިނަމަ 2014- އިން 2015 ވަނަ އަހަރާއި ދެމެދު ވަނީ 15 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައެވެ.
މިއަދު އޮންލައިން