ރޯނު ތޫފާނަށް އެރުމުގެ ސަބަބުން 6 މީހުން މަރުވެ 500،000 މީހުން ގެދޮރު ދޫކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ރޯނު ތޫފާނަށް އެރުމުގެ ސަބަބުން 6 މީހުން މަރުވެ 500،000 މީހުން ގެދޮރު ދޫކޮށްފި
ސްރީލަންކާއިން ފެށުނު ރޯނު ޠޫފާން ބަންގްލަދޭޝްއަށް އެރުމުގެ ސަބަބުން 5 މީހުން މަރުވެ 500،000 މީހުން ގެދޮރު ދޫކޮށް ހިނގައްޖެއެވެ. ބަންގްލަދޭޝްއަށް ޠޫފާން އަރާފައިވާއިރު ވައި ހުރީ ގަޑިއަކު 88 މޭލު ބާރުމިނުގައެވެ.

ރިޕޯޓްތައް ބުނާގޮތުން ޠޫފާނުގެ ސަބަބުން ބަންގްލަދޭޝްގެ ގޮނޑުދޮށު ސަރަހައްދުތަކުގައި 1.5 މީޓަރަށް ފެންގަނޑު އުފުލިގެންދާނެއެވެ.

ރައްޔިތުންގެ ސަލާމަތަށް މަސައްކަތްކުރާ ފަރާތްތަކުން އެދެމުންދަނީ ވީހައި ގިނަ ބައަކު ސަރަހައްދު ދޫކޮށް ދިއުމަށެވެ. އަދި މަސްވެރިން މަހަށް ނުފުރުމަށާއި މަސްއޮޑިތަކާއި ބޯޓުތައް ރަނގަޅަށް ބެލެހެއްޓުމަށެވެ.

ޠޫފާން ރޯނު މިޔަންމާރއަށް އެރުން ކައިރިކަމަށް މިހާރު ވަނީ ލަފާކުރެވިފައެވެ. މިޠޫފާނުގެ ސަބަބަން އަދި މިހައިތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ސްރީލަންކާއަށެވެ.
މިއަދު އޮންލައިން