އީރާނު އެކަހެރިކުރުމުގެ އަދަބަކަށް އެމެރިކާއިން 50 ބިލިއަން ޑޮލަރު އީރާނުން ހޯދަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އީރާނު އެކަހެރިކުރުމުގެ އަދަބަކަށް އެމެރިކާއިން 50 ބިލިއަން ޑޮލަރު އީރާނުން ހޯދަނީ
63 އަހަރު ވަންދެން އީރާނު އެކަހެރިކޮށް އިޤްޠިޞާދީ ދަތިތައް ކުރިމަތިކުރުވާފައިވުމުގެ ބަދަލެއްގެ ގޮތުން އެމެރިކާއިން 50 ބިލިއަން ޑޮލަރު ހޯދަން އީރާނުން ނިންމައިފިއެވެ.

މިކަމަށް މަސައްކަތްކުރުމަށް އީރާނުގެ މަޖިލީހުގައި ނެގި ވޯޓުގައި 174 މެންބަރުން ވަނީ ތާއީދުކޮށް ވޯޓު ދީފައެވެ. ދެކޮޅަށް ވޯޓު ދިނީ 7 މެންބަރުން ނެވެ. ވަކި ގޮތަކަށް ވޯޓު ނުދިނީ 4 މެންބަރުންނެވެ.

މިބިލުގައިވާގޮތުން އެކި ފަހަރުމަތިން އެކި ސަބަބުތައް ދައްކައި އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ހޯދަން މަސައްކަތްކުރަން އީރާނުގެ ސަރުކާރަށް ލާޒިމުކުރެއެވެ.

އިރާޤާއި އީރާނާއި ދެމެދު ކުރި ހަނގުރާމައާއި ގުޅިގެންވެސް އެމެރިކާއިން ވަނީ އީރާނުގެ އެތައް ބިލިއަން ޑޮލަރެއް ހިފަހައްޓައިފައެވެ. އެ ހަނގުރާމައިގައި އިރާޤަށް ހަތިޔާރު ވިއްކައި މުއްސަނދި ވުމަށްފަހު އެއަށްވުރެ ރަނގަޅު "ޑީލެއް" އެމެރިކާއަށް ލިބުމުން އެމެރިކާއިން ވަނީ ރައީސް ޞައްދާމް ހުސައިނުގެ ވެރިކަން ނިމުމަކަށް ގެނެސް ޞައްދާމް ޙުސައިން ދަންޖައްސުވައި މަރައިފައެވެ.
މިއަދު އޮންލައިން