ޔޫއޭއީގެ ސައިބަރ ކްރައިމް އިތުރުވެ 3 އަހަރު ދުވަހުގެތެރޭ 72 މިލިއަން ދިރުހަމަށް އަރައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޔޫއޭއީގެ ސައިބަރ ކްރައިމް އިތުރުވެ 3 އަހަރު ދުވަހުގެތެރޭ 72 މިލިއަން ދިރުހަމަށް އަރައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީ ގައި ސައިބަރ ކްރައިމްގެ މައްސަލަތައް އިތުރުވެ 3 އަހަރު ދުވަހުގެތެރޭގައި ވަގަށް ނެގި ފައިސާގެ އަދަދު 72 މިލިއަން ރިޔާލައަށް އަރައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން 2013 ވަނަ އަހަރު ހިނގާފައިވަނީ 302 މައްސަލައެވެ. މި މައްސަލަތަކުގައި ވަގަށް ނެގީ 3.11 މިލިއަން ދިރުހަމެވެ. 2014 ވަނަ އަހަރު ހިނގާފައިވަނީ 745 މައްސލައެވެ. މި މައްސަލަތަކުގައި ވަގަށް ނެގީ 28 މިލިއަން ދިރުހަމެވެ.

2015 ވަނަ އަހަރު ހިނގާފައިވާ މައްސަލަތަކުގެ އަދަދު ވަނީ 1011 އަށް އިތުރުވެފައެވެ. މި މައްސަލަތަކުގައި ވަގަށް ނެގި ފައިސާގެ އަދަދު ވަނީ 40.56 މިލިއަން ދިރުހަމަށް އަރައިފައެވެ.

ދުބާއީ ޕޮލިސް ކޮމިޝަނަރ ވިދާޅުވީ ސައިބަރ ކްރައިމްގެ މައްސަލަތައް މަދުކުރުމަށްޓަކައި މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކާއި ގުޅިގެން ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގަވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެންމެ ބޮޑު މައްސަލައަކީ ބޭންކުތަކުގެ އޮފިޝަލުން، ކަސްޓަމަރުންގެ މައުލޫމާތު ގޭންގުތަކަށް ވިއްކަމުން ގެންދިއުން ކަމަށެވެ.

ޕޮލިސް ކޮމިޝަނަރ ވިދާޅުވީ މުވާސަލާތީ ކުންފުނިތައް ނޫން ފަރާތަކުން އެއްވެސް މީހެއްގެ ފޯނުގެ ސިމް ބަދަލުކޮށްދިނުމަކީ މައްސަލައެއް ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް 3 ވަނަ ފަރާތެއް މެދުވެރިކޮށްގެން ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ގޭންގުތަކުން ގެންދަނީ އޭޓީއެމް މެޝިނުތަކުގައި ޑީވައިސް ހަރުކޮށްގެންވެސް ކަސްޓަމަރުންގެ ަމައުލޫމާތު ހޯދަމުން ކަމަށާއި މިފަދަ ކަންކަމަށް ބޭންކުތަކުން ޚާއްޞަ ސަމާލުކަމެއްދީގެން ބަލަހައްޓަންޖެހޭނެ ކަމަށެވެ.
މިއަދު އޮންލައިން