އައިއެސް އިން އަތުލައިގެންފައިވާ 25 "ޖާސޫސުން" އެކުގައި ބަނުމަށްފަހު ނިޓްރިކް އެސިޑް ހުރި ޓޭންކަކަށް ފައްތައި ހަށިތައް ކަށިތަކާއިއެކު ވިރުވާލައިފިއެވެ.
އައިއެސް އިން ވަނީ މިހާދިސާ ހިންގި ހުރިހައި މަރުހަލާއެއް ވީޑިއޯ ކުރުމަށްފަހު އެމީހުންގެ ޓީވީން ދައްކައިފައެވެ.
އައިއެސް އިން ބުނެފައިވަނީ މި އެންމެންނަކީވެސް އިރާޤަށް ޖާސޫސް ކޮށްދޭން މަސައްކަތްކުރި މީހުން ކަމަށާއި އެފަދަ މީހުންނަށް ދޭންޖެހޭނީ އެހެން މީހުންނަށް އިބްރަތަކަށްވާފަދަ އަދަބުތައް ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ނިޓްރިކް އެސިޑަށް ހަށިގަނޑު ލުމުން މަސްތަކާއި ގުވަންތައް ވިރިގެންގޮސް އެންމެފަހުން ކަށިތައް ވިރިގެންދެއެވެ.
އައިއެސް އިން ވަނީ މީގެ ކުރިން ވެސް މިފަދަ އަނިޔާވެރި ގޮތްތަކަށް ގިނަ ބައަކު މަރައިފައެވެ.