އެއާހޮސްޓެސް ސަމަރަށް އޭނާ މަރުވާނީ ކަނޑުގައިކަން މާކުރިން އެނގުނު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އެއާހޮސްޓެސް ސަމަރަށް އޭނާ މަރުވާނީ ކަނޑުގައިކަން މާކުރިން އެނގުނު؟
ބުރާސްފަތި ދުވަހު ވެށްޓިފައިވާ މިޞުރުގެ މަތިންދާބޯޓުގެ އެއާހޮސްޓެސް ސަމަރ އެޒް އަލްދީން އަށް އޭނާގެ އަޖަލު ހަމަވަނީ ކަނޑުގައިކަން ކުރިން އެނގުނީ ހެއްޔެވެ.؟ މިސުވާލު އުފެދުނީ އޭނާގެ ފޭސްބުކްގައި އިން ފޮޓޯއަކުންނެވެ.

2014 ވަނަ އަހަރު މިޞުރު އެއާ އާއި ގުޅުނުތާ އެންމެ 4 މަސް ދުވަސްފަހުން ފޭސްބުކަށްލާފައިވާ ފޮޓޯއަކުން ފެންނަނީ ލަގެޖެއް ހިފައިގެން މޫދުގައި އޭނާ ހިނގާތަނެވެ. ފަހަތުން ފެންނަނީ ކަނޑެވެ. ހިނގާފައި އަންނަނީ ލަގެޖު މޫދުގައި ދަމަމުންނެވެ.

އެހެންކަމުން ސޯޝަލް މީޑިއާގައި މިފޮޓޯއަށް މިހާރު ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ.

އުމުރުން އެންމެ 27 އަހަރުގެ ސަމަރ ވެފައިވަނީ ފްލައިޓު ވެށްޓި މަރުވިކަމަށް ބެލެވޭ 66 މީހުންގެތެރެއިން އެކަކަށެވެ. ސަމަރ އެ ފޮޓޯ ފުރަތަމަ ލާފައިވަނީ 2014 ވަނަ އަަހަރުގެ މެއި މަހުއެވެ. ސެޕްޓެމްބަރު މަހު ޕްރޮފައިލް ފޮޓޯގެ ގޮތުގައިވެސް ވަނީ ބޭނުންކޮށްފައެވެ. އެހެންކަމުން އޭނާ ނިޔާވެގެން އެދިއައީ އެއިގެ ފުރިހަމަ 2 އަހަރު ފަހުންނެވެ.

ސަމަރ ބުނެފައިވަނީ އޭނާ ކުރާކަމަކީ ކެއުމާއި ނިދުމާއި އުދުހުން ކަމަށެވެ. އަދި އޭނާއަކީ އިސްލާމް ދީނަށް ލޯބިކުރާ ކުއްޖެއްކަން އަންގައިދޭ ބައެއް ފޮޓޯތައްވެސް ވަނީ ޕޯސްޓްކޮށްފައެވެ. ޕޭޖްގެ މައި ފޮޓޯއަކަށް ލާފައިވަނީ "ފަލަޤް" ޞޫރަތުގެ ފޮޓޯއެވެ.
މިއަދު އޮންލައިން