ބަޣްދާދުގެ ގްރީން ޒޯނަށް އެއްވި މީހުން ރޫޅާލަން ބަޑިޖެހުމުން 4 މީހުންމަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ބަޣްދާދުގެ ގްރީން ޒޯނަށް އެއްވި މީހުން ރޫޅާލަން ބަޑިޖެހުމުން 4 މީހުންމަރުވެއްޖެ
ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ފެއިލްވެފައިވާ ކަމަށާއި އަދި އިރާޤްގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ނެތްކަމަށް ބުނެ އިރާޤްގެ ގްރީން ޒޯނަށް ހުކުރު ދުވަހު ގިނަ ބައަކު އެއްވުމުން އެއްވުން ރޫޅާލަން ސަލާމަތީ ބާރުތަކުން ބަޑިޖެހުމުން 4 މީހަކު މަރުވެ ގިނަ ބައަކު ޒަޚަމް ވެއްޖެއެވެ.

އެއްވުން ރޫޅާލުމަށް ފެންޖެހުމުގެ އިތުރުން ލައިވް ވަޒަން ވަނީ ޖަހާފައެވެ. މިއީ ފާއިތުވި މަހެއްހައި ދުވަހުގެތެރޭގައި މިސަރަހައްދަށް އެއްވި ދެވަނަ ފަހަރެވެ.

އިޜާޤް ސަރުކާރުން ބުނީ ބޭރު ޤައުމުތަކުގެ އެމްބަސީތަކާއި ރައްޔިތުންގެ މަޖިލިސްކުރާގެ ހުންނަ ސަރަހައްދަށް އެއްވެއްޖެނަމަ އެކަން ބަލަން ސަލާމަތީ ބާރުތަކުން މަޑެއް ނުކުރާނެއެވެ.

އެއްވި މީހުން ސަލާމަތީ ބާރުތަކަށް ގޮވަމުން ގެންދިއައީ ކޮރަޕްޓެޑް ވެރިންގެ ހިމާޔަތުގައި ރައްޔިތުންނަށް އަނިޔާވެރި ނުވުމަށާއި ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވެދިނުމަށެވެ.

އެއްވުމުގެ ބައިވެރިން ވަނީ ސަރުކާރުގެ މައި އިމަރާތްތަކަށް ވަދެ އެތައް ގަޑިއިރަކު މަޑުކޮށްފައެވެ. މައްސަލަ ހައްލުކުރުމަށްތަކައި އިއްޔެ ވަނީ ބަޣްދާދުގައި ކަރފިޔު ހިންގައިފައެވެ.

އެމެރިކާއިން އިރާޤުގެ ވެރިކަން ވައްޓާލައި ސައްދާމް ޙުސައިން ދަންޖެއްސިފަހުން އިރާޤުގައި އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުތަކުން ވަނީ ނުކުޅެދިފައެވެ.
މިއަދު އޮންލައިން