އެލްވިސް ޕްރިސްލީގެ ބައްޕަ ދިން ގިޓާ 334،000 ޑޮލަރަށް ވިކިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އެލްވިސް ޕްރިސްލީގެ ބައްޕަ ދިން ގިޓާ 334،000 ޑޮލަރަށް ވިކިއްޖެ
މަޝްހޫރު ލަވަކިޔުންތެރިޔާ އެލްވިސް ޕްރިސްލީއަށް 1969 ވަނަ އަހަރު. އޭނާގެ ބައްޕަ ދިން ގިޓާއެއް އެމެރިކާގެ ނީލަމެއްގައި 334،000 ޑޮލަރަށް ވިކިއްޖެއެވެ. މިގިޓާ ވަރނަން ޕްރިސްލީ އޭނާގެ ދަރިފުޅު އެލްވިސް ޕްރިސްލީއަށް ހަދިޔާކުރީ އެލްވިސް ކަރާޓޭ ތެޅުމުން ބްލެކް ބެލްޓެއް ހޯދުމުންނެވެ.

މިގިޓާ 1975 ވަނަ އަހަރު އެލްވިސް ވަނީ ނޯތް ކެރޮލީނާގައި ބޭއްވި ޝޯއެއްގައި އޭނާގެ ފޭނެއް ކަމަށްވާ މައިކް ހެރިސްއަށް ދީފައެވެ. ގިޓާ މިއަދާ ހަމައަށް ރައްކާކޮށްފައި އޮތީ އޭނާގެ އަތުގައެވެ.

މިނީލަމުގައި އެލްވިސް އަޅަން ގެންގުޅުނު ވެސްޓެއް ވަނީ 256،000 އެމެރިކާ ޑޮލަރަށް ވިކިފައެވެ.

އިއްޔެ ކުރިއަށް ގެންދިއަ ނީލަމުގައި އެންމެ ބޮޑު އަގެއް ލިބިފައިވަނީ ޖޯން ލެނޮން އޭނާގެ އަތުން ލިޔެފައިވާ ބީޓްލްސްގެ ލަވަ "ބީން ފޮރ ދަ ބެނިފިޓް އޮފް މރ. ކިޓެލް" އަށެވެ. ނީލަމުގައި އެ ލިޔުމަށް ވަނީ 354،000 ޑޮލަރު ލިބިފައެވެ.
މިއަދު އޮންލައިން