އިއްޔެ މަރުވީ ޠާލިބާންގެ ސްޕްރީމް ލީޑަރުކަން ޖާސޫސީ އިދާރާތަކުން ކަށަވަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އިއްޔެ މަރުވީ ޠާލިބާންގެ ސްޕްރީމް ލީޑަރުކަން ޖާސޫސީ އިދާރާތަކުން ކަށަވަރުކޮށްފި
އެމެރިކާއިން އިއްޔެ ދިން ވައިގެ ހަމަލާތަކުގައި ޠާލިބާނުންގެ ރޫޙީ ލީޑަރު މުއްލާ އަކްތަރު މުޙައްމަދު މަންސުރު މަރުވެފައިވާކަން އަފްގާނިސްތާނުގެ ޖާސޫސީ އިދާރާތަކުން ކަށަވަރުކޮށްދީފިއެވެ. އަދި އަފްގާނިސްތާނުގެ ސަރުކާރުގެ ތަރުޖަމާނުވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

އަފްޣާނިސްތާނުގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މުއްލާ މަރުވުމަކީ ތާލިބާނުންނަށް ލިބުނު ފޫނުބެއްދޭ ފަދަ ބޮޑު ގެއްލުމެއް ކަމަށާއި ތާލިބާނުން ދެމުން ގެންދާ ހަމަލާތައް ރޭވުމުގައި ތާލިބާނުންނަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

ހަމައެއާއިއެކު މިއީ ޓެރަރިޒަންގެ ހަމަލާތައް ހިންގުން ހުއްޓައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަން ފަށަންވީ ވަގުތު ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ޞުލްހައަށް ސަރުކާރުން ލޯބިކުރާ ކަމަށާއި ސަރުކާރާއި ގުޅޭ ހަނގުރާމަވެރިންނަށް ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށެވެ.

ޠާލިބާނުންގެ އިސް ލީޑަރުކަމާއި މުއްލާ މަންސުރު ހަވާލުވީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. އެއިރުގެ ލީޑަރު މުއްލާ އުމަރު މަރުވިތާ އެއް ދުވަސްފަހުންނެވެ.
މިއަދު އޮންލައިން