އިންޑިއާގަ ހޫނު ގަދަވެ މަގުތައް ވިރެނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
އިންޑިއާގަ ހޫނު ގަދަވެ މަގުތައް ވިރެނީ
އިންޑިއާގެ ބައެއް ސްޓޭޓްތަކަށް ކުރިމަތިވެފައިވާ ހޫނު ގަދަވުމުގެ މައްސަލައިގެ ސަބަބުން މަގުތައް "ވިރެން" ފަށައިފި އެވެ.

މިގޮތުން އެންމެ ބޮޑަށް މައްސަލަތައް ކުރިމަތިވެފައިވާ އެއް ސްޓޭޓަކީ ގުޖްރާތުކަމަށްވާއިރު ބައެއް މަގުތަކުގައި ހިނގައި ނުއުޅެވޭ ހާލަތަށް މިހާރު ވަނީ ކަންކަން ގޮސްފައެވެ. މަގުތަކުގައި އަޅާފައިވާ ތާރުތައް ވިރި ފައިތަތްލާތީ ވަރަށް ބޮޑެތި މައްސަލަތައްވެސް ދަނީ ކުރިމަތިވަމުންނެވެ.

މީޓިއޮރޮލޮޖީން ބުނަނީ ބައެއް ސަރަހައްދުގެ ހޫނުމިން މަޑުވުމަށް އަދިވެސް ދުވަސްތަކެއް ނަގައިފާނެ ކަމަށެވެ. އެހެންކަމުން ސަރުކާރުން ގެންދަނީ ރައްކާތެރިވެގެން ތިބެ ނުކުމެ އުޅުމަށާއި ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ނުނުކުތުމަށް ސަރުކާރުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.

އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި މިއަދުވެސް ހޫނުމިން ހުރީ 49 ޑިގްރީ އާއި 51 ޑިގްރީ އާއި ދެމެދުގައެވެ.
މިއަދު އޮންލައިން