މިސުރުގެ ފްލައިޓް ހޯދަން ސަބްމެރިން ބޭނުން ކުރަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
މިސުރުގެ ފްލައިޓް ހޯދަން ސަބްމެރިން ބޭނުން ކުރަން ފަށައިފި
ބުރާސްފަތި ދުވަހު ވެށްޓިފައިވާ މިޞުރުގެ ފްލައިޓު ހޯދުމަށް ސަބްމެރިން ބޭނުންކުރަން ފަށައިފިއެވެ. ރައިސް އަލް ސިސީ ވިދާޅުވީ މިމަސައްކަތަށް ބޭނުންފުޅު ކުރައްވަނީ 3000 މީޓަރު އަޑި ބެލުމުގެ ޤާބިލުކަން ހުރި ސަބްމެރިން ކަމަށެވެ.

ރައީސް އަލްސިސީ ވިދާޅުވީ ފްލައިޓު ވެށްޓުނީ ކޮން ސަބަބެއް މެދުވެރިވެގެން ކަން ވިދާޅުވެވެން އަދި ނެތް ކަމަށެވެ.

ފްލައިޓުން ދަތުރުކުރި ފަސިންޖަރުން ގެންދަނީ އާއިލާގެ މީހުންގެ ހަށިތަކަށް ވީގޮތެއް އެނގޭތޯ ކުރެވެން އޮތް ހުރިހައި މަސައްކަތްތަކެއް ކޮށްދިނުމަށް ސަރުކާރުގެ ކިބައިން އެދެމުންނެވެ.

ޔޫރަޕުގެ ގިނަ ޤައުމުތަކަކާއި އެމެރިކާއިން މިހާރު ވަނީ ފްލައިޓް ހޯދުމުގެ މަސައްކަތުގައި ބައިވެރިވެފައެވެ. އެހެންކަމުން ފްލައިޓު ނުފެނުމަކީ ގިނަ ބައަކު ޤަބޫލުކުރާ ކަމެއް ނޫނެވެ.

އަލްސިސީ ވިދާޅުވީ ފްލައިޓު، ޚާއްޞަކޮށް ކަޅުފޮށި ފެނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ފްލައިޓު ފެނޭތޯ ކުރެވެން އޮތް ހުރިހައި މަސައްކަތެއް ސަރުކާރުން ކުރާނެ ކަމަށެވެ.
މިއަދު އޮންލައިން