ބޯޑިންގ ސްކޫލެއްގައި ރޯވެ 17 އަންހެން ކުދިން އަނދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ބޯޑިންގ ސްކޫލެއްގައި ރޯވެ 17 އަންހެން ކުދިން އަނދައިފި
ތައިލެންޑްގައި އަންހެން ކުދިން ބައިތިއްބާ ބޯޑިންގ ސްކޫލެއްގެ ކުދިން ތިބޭ ބައިގާ އަލިފާން ރޯވެ 17 އަންހެން ކުދިން އަނދައިފިއެވެ.

ތައިލެންޑްގެ އުތުރު އަވަށެއްގައި ރޭ ހިނގި މިހާދިސާގައި ސަލާމަތްވީ އެއިރު ނުނިދައި ހޭލާތިބި ކުދިންނެވެ. ސަލާމަތްވި ކުދިން ބުނީ އެމީހުންނަށް ފެނުނީ އަލިފާން ރޯވެފައި ހުއްޓާ ކަމަށާއި އަލިފާން ފެނުމުން އެހެން ކުދިން ނިދިން ހޭލައްވަން މަސައްކަތްކުރި ކަމަށެވެ. އަދި އަނދައިގެން ދިއައީ ނުހޭލެވުނުކުދިން ކަމަށެވެ.

މިއީ ކްރިސްޓިއަން މިޝަނަރީއަކުން އުމުރުން 6 އަހަރާއި 13 އަހަރާއި ދެމެދުގެ ކުދިންނަށް ޚާއްޞަކޮށްގެން ހިންގާ ސްކޫލެކެވެ. ކުދިން ތިބޭ ބައި ހަދާފައި ހުންނަނީ ލަކުޑިންނެވެ.

މިހާދިސާގައި ފިހުނު ދެ ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެދެކުދިންގެ ހާލަތު ވަރަށް ސީރިއަސްކަމަށް ޑޮކްޓަރުން ބުނެއެވެ.

މިސަރަހައްދަކީ އާންމުކޮށް ފަޤީރުންގެ ސަރަހައްދެކެވެ. މިޔަންމާ، ޗައިނާ ފަދަ ޤައުމުތަކުން ބޯޑަރު ސަރަހައްދަށް އައިސް ދިރިއުޅޭ ސަރަހައްދެކެވެ.
މިއަދު އޮންލައިން