ޚަރަދުކުޑަކުރަން ޢާމަންޑްގެ ބަދަލުގަ ބަދަން އެޅުމުން ރެސްޓޯރަންޓްގެ ވެރިފަރާތް 6 އަހަރަށް ޖަލަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޚަރަދުކުޑަކުރަން ޢާމަންޑްގެ ބަދަލުގަ ބަދަން އެޅުމުން ރެސްޓޯރަންޓްގެ ވެރިފަރާތް 6 އަހަރަށް ޖަލަށް
އިނގިރޭސި ވިލާތުގައި ގިނަ އަދަދެއްގެ އިންޑިއަން ރެސްޓޯރަންޓްތަކެއް ހިންގާ މީހަކު 6 އަހަރަށް ޖަލަށް ލުމަށް ކޯޓުން ޙުކުމްކޮށްފިއެވެ.

އޭނާގެ މައްޗަށް ކޯޓުން ޙުކުމް އިއްވީ ޗިކަން ޓިއްކާ މަސާލަ ތައްޔާރުކުރުމަށް އަޅަނީ އާމަންޑް ކަމަށް މެނޫގައި ލިޔުމަށްފަހު ޚަރަދުކުޑަކުރުމަށްޓަކައި ބަދަން އަޅާފައި ދިނުމުން ބަދަނަށް އެލަރޖިކްވާ މީހަކު އެ ކައިގެން މަރުވި މައްސަލައަކާއި ގުޅިގެންނެވެ.

ފަނޑިޔާރު ބުނީ ކާބޯތަކެތި އޮޅުވައިލުމަކީ ކުށެއް ކަމަށެވެ. އަދި މީހަކު މެރުމުގެ ޤަޞްދުގައި ނޫންނަމަވެސް މީހަކު ކުރި ކަމަކުން މީހަކު މަރުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ.

ޕްރޮސެކިޔުޓަރު ބުނީ މުއްސަނދިވަމުން ގޮސް 6 ރެސްޓޯރަންޓް ހިންގެން ފެށުމުން ވެސް ފޮޓޯގެ ވައަތް ފަރާތުން ފެންނަ ރެސްޓޯރަންޓްތަކުގެ ވެރިމީހާ، އުމުރުން 53 އަހަރުގެ ޒަމާނުގެ ދަހިވެތިކަން އައީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމަށެވެ. މެނޫގައި ލިޔެފައި ނެތް ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށް ވިއްކުމަކީ މަކަރާ ހީލަތް ހެދުން ކަމަށެވެ.
މިއަދު އޮންލައިން