މިޞުރު އެއާ އިން ފެންނަނީ އިންސާނުންގެ ގުނަވަންތައް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
މިޞުރު އެއާ އިން ފެންނަނީ އިންސާނުންގެ ގުނަވަންތައް
މެޑިޓޭރިިއަން ކަނޑަށް ވެށްޓިފައިވާ މިޞުރުގެ ފްލައިޓުން މިހައިތަނަށް ފެނިފައިވަނީ އިންސާނުންގެ ގުނަވަންތަކެވެ. އެއްވެސް މީހެއްގެ ހަށިގަނޑު އެކުގައި ފެނިފައެއް ނުވެއެވެ.

މިމަސައްކަތުގައި ހަރަކާތްތެރިވާ ޓީމުގެ އޮފިޝަލަކު ބުނީ މިހައި ތަނަށް 80 ވަރަކަށް ބައި ފެނިފައިވާ ކަމަށާއި ނަމަވެސް މުޅިން ވެސް ފެނިފައިވަނީ އިންށާނުންގެ ބައިތައް ކަމަށެވެ. "މިފެންނަނީ ބޯ، އަތް ފަދަ ގުނަވަންތައް."

އޮފިޝަލް ބުނީ މިކަމުން އެނގެނީ ބޯޓު ވެށްޓުމުގެ ކުރިން ބޯޓުގައި އެއްޗެއް ގޮވިކަން ކަމަށެވެ. އަދި އެއީ ބޯޓުން ގޮވި ގޮވުމެއް ކަމާއިމެދު ވަރަށް ބޮޑަށް ޝައްކުކުރެވޭ ކަމަށެވެ.

ފްރާންސްގައި ފްލައިޓް ޖެއްސުމާއި ފުރުމާއި ދެމެދު ފްލައިޓަށް ގޮވާ އެއްވެސް އެއްޗެއް އެރުވުމުގެ ފުރުޞަތު ލިބިފައި ނުވާނެ ކަމުގެ ޔަޤީންކަން ފްރާންސުން ވަނީ ދީފައެވެ.

ފްލައިޓުގެ ކަޅު ފޮށި ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އުފެދޭ ސުވާލުތަކަށް ޔަޤީންކަމެއް ލިބޭނީ ކަޅުފޮށި ފެނިގެންނެވެ.
މިއަދު އޮންލައިން