ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް: ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބު ވާދަކުރާމެޗު މިރޭ
ދެ ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގައި ޕޮލިސް ކުލަބާއި ވާދަވެރި ދިވެހި ސިފައިންގެ ކުލަބު މިރޭ ވާދަކުރާނެއެވެ
ކުޅިވަރު އެކުވެނި ދަނޑުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މިމެޗަކީ 2 ޓީމްވެސް ފައިނަލަށް ދިޔުމަށްޓަކައި މުހިއްމު މެޗެކެވެ. މިރޭގެ ވި މެޗަށް ނުކުންނަ އިރު ދިވެހި ސިފައިންގެ ކުލަބަށްވަނީ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ
މިރޭ ކުޅޭ މެޗުން ޕޮލިސް ކުލަބު މޮޅުވެއްޖެނަމަ ފައިނަލުގެ ޖާގައެއް ޕޮލިސް ކުލަބަށް ލިބިގެންދާއިރު މިރޭގެ މެޗުން ބަލިވެއްޖެނަމަ ފައިނަލުގެ އަނެއް ޖާގަ ލިބިގެންދާނީ ޔޫތު ސްޕޯޓްސް ކުލަބަށެވެ
މެއި މަހުގެ 20 ން 27 އަށް ކުރިއަށްދާ މި މުބާރާތަކީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ދާގޮތަށް ކުޅޭ މުބާރާތެކެވެ. މި މުބާރާތުގައި ޖުމަލް 4 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 28 ވަނަ ދުވަހުގެރެއެވެ