ފާޚާނާ ތަށި ތެރެއިން ނުކުން ބޮޑު ހަރުފައެއް ފިރިހެނެއްގެ ގުނަވަނުގައި ދަތް އަޅައި ކާލަން އުޅެފިއެވެ.
ބެންކޮކުގެ އަވަށެއްގައި ދިރިއުޅޭ އުމުރުން 38 އަހަރުގެ ފިރިހެނަކު ބުނީ އޭނާ ފާޚާނާއަށް ވަދެ ބެލިއިރު އެއްވެސް އެއްޗެއް ފެންނަން ނެތްކަމަށާއި ކުޑަކަމުދިއުމަށް ތަށީގައި އިށީން ވަގުތު ފާޚާނާ ތަށިތެރެއިން ނުކުތް 3 މީޓަރު (9.75 ފޫޓު) ދިގު ހަރުފައެއް އެނާގެ ގުނަވަނުގައި ދަތްއެޅީ ކަމަށެވެ.
އޭނާ ބުނީ ފުރަތަމަ ޤަބޫލުކުރެވުނީ ގުނަވަން ދިރުވައިލީ ކަމަށާއި ނަމަވެސް ހަރުފައިގެ ބޮލުން ކަރުބުޑުގައި ބާރަށް ހިފައި ސަލާމަތް ވާން މަސައްކަތްކުރީ ކަމަށެވެ. އަދި އޭނާ ސަލާމަތްވީ އަނބިމީހާ އާއި އަވަށްޓެރިންނާއި ރެސްކިޔު ޓީމުން ކުރި މަސައްކަތުން ކަމަށެވެ.
އޭނާއަށް ފަރުވާދެމުން ގެންދާ ހޮސްޕިޓަލުން ބުނީ އެނާއަށް ވަރަށް ބާރު ގަދަ އެންޓިބައިޓިކްސް ދޭންޖެހުނު ކަމަށާއި ނަމަވެސް މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށެވެ. އަދި މިހާރު އެނާއަށް ކުޑަކަމު ދެވޭ ކަމަށެވެ.