ރަމަޟާން މަހަށް ޚާއްޞަކޮށްގެން ޕާކިސްތާނުން ދުބާއީއަށް ގެންދިއަ އަނބުގެ ފުރަތަމަ ޝިޕްމަންޓް ބުރާސްފަތި ދުވަހު ބާޒާރަށް ނެރުމުން ދެ ދުވަސްތެރޭގައި ވިކި ހުސްވެއްޖެއެވެވެ.
ދުބާއީގައި ޕާކިސްތާނުގެ އަނބުު ވިއްކާފައިވަނީ 8 ކިލޯ އާއި 10 ކިލޯ އާއި ދެމެދުގެ ޕެލެޓެއް 25- 30 ދިރުހަމަށެވެ. އެހެންކަމުން މިއީ ކިލޯއެއް އެމެރިކާ ޑޮލަރަކަށްވުރެ ހެޔޮ އަގެކެވެ. މިއަދުގެ އަގަށް ބަލާއިރު އެމެރިކާ ޑޮލަރަކަށް 3.67 ދިރުހަމް ލިބެއެވެ.
ޕާކިސްތާނުން ބުނެފައި ވަނީ އެންމެ މަޝްހޫރު ބާވަތްތަކުގެތެރޭގައި ހިމެނޭ ދެ ބާވަތެއް ލިބުން ތަންކޮޅެއް ލަސްވެދާނެ ކަމަށެވެ. ނަމަވެސް މިއަހަރަކީ އަނބު ތިޔާގި އަހަރެއް ކަމަށާއި އެކްސްޕޯޓް ކުރެވޭ މިންވަރު މިއަހަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ކުރީ އަހަރުގެ ރޯދަ މަހު ރާއްޖޭގައި ޕާކިސްތާނުގެ އަނބު ވިއްކާފައިވަނީ ކިލޯއެއް 6 ޑޮލަރާއި ކައިރި އަގުތަކަށްކަން ފާހަގަކުރެވެއެވެ.