ޔުކްރައިންގަ މުސްކުޅިން ބަލަހައްޓާ ގެއެއްގަ އަލިފާން ރޯވެ 17 މީހުން މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
ޔުކްރައިންގަ މުސްކުޅިން ބަލަހައްޓާ ގެއެއްގަ އަލިފާން ރޯވެ 17 މީހުން މަރުވެއްޖެ
ޔުކްރައިންގެ މުސްކުޅިން ބަލަހައްޓާ ގެއެއްގައި އަލިފާން ރޯވެ 17 މީހުން މަރުވެއްޖެއެވެ.

މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިށާގައި ގޭގައި ތިބި އިތުރު 18 މީހުން ސަލާމަތްކުރެވިފައިވާއިރު 5 މީހަކަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ބެލުމަށް ބޮޑުވަޒީރު ވަނީ އަމުރުކޮށްފައެވެ.

ޔޫކްރޭނަކީ ކުރީގެ ރަސިއާގެ ބައެކެވެ. ޔުކްރައިންގައި ހުރި ގިނަ އިމާރާތްތަކަކީ ވަރަށް ދުވަސްވެފައިވާ ބައު އިމާރާތްތަކެވެ. ރަސިއާގެ ކިބައިން މިނިވަން ވެފައިވާ ނަމަވެސް ޔުކްރައިންގެ ތަރައްޤީއަށް މާބޮޑު މަސައްކަތެއް އަދި ކުރެވިފައެއް ނުވެއެވެ.
މިއަދު އޮންލައިން