ނަވާޒް ޝަރީފުގެ ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ނަވާޒް ޝަރީފުގެ ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަނީ
ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ހިތްޕުޅުގެ މައްސަލައެއްގައި ބޮޑު އޮޕަރޭޝަނެއް އަންގާރަ ދުވަހު ކުރަން ހަމަޖައްސައިފިއެވެ.

ޢައިލާ އިން ވިދާޅުވީ މިއީ ނަވާޒް ޝރީފުގެ މިފަދަ ބޮޑު ދެވަނަ އޮޕަރޭޝަން ކަމަށާއި މިފަހަރުވެސް އޮޕަރޭޝަން ކުރާނީ އިނގިރޭސި ވިލާތުގެ ހޮސްޕިޓަލެއްގައި ކަމަށެވެ.

ނަވާޒް ޝަރީފުގެ ދަރިކަނބަލުން މަރިޔަމް ނަވާޒް ޝަރީފް ވިދާޅުވީ އަންގާރަ ދުވަހު ކުރާ އޮޕަރޭޝަނަކީ ކުރީގެ އޮޕަރޭޝަނާއި ގުޅިގެން އުފެދުނު މައްސަލަތަކެއްގެ ސަބަބުން ކުރަންޖެހުނު އޮޕަރޭޝަނެއް ކަމަށެވެ.

މަރިޔަމް ހުކުރު ދުވަހު ވިދާޅުވީ އެންމެ މުހިންމު ޝިފާއަކީ ދުޢާ ކަމަށާއި އެތައް މިލިއަން ބައަކު ބައްޕާފުޅަށްޓަކައި ހެޔޮ ދުޢާކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ނަވާޒް ޝަރީފުގެ އޮފީހުން ބުނެފައިވަނީ އޮޕަރޭޝަން ކުރެއްވުމާއި ހަމައަށް ޤައުމުގެ ކަންކަން ބަލަހައްޓަވާނެ ކަމަށާއި އޮޕަރޭޝަނަށްފަހު ޤައުމީ ޚިދުމަތް ފެށްތެވުމަށް މުއްދަތެއް ނަގާނެކަން ޤަބޫލުކުރަން ޖެހޭނެ ކަމަށެވެ.

އާލާސްކަންފުޅުގެ ސަބަބުން ނަވާޒް ޝަރީފް ވަނީ މިދިއަ އަހަރު ގިނަ ދަތުރުފުޅުތަކެއް ޤައުމުން ބޭރަށް ކުރައްވައިފައެވެ.
މިއަދު އޮންލައިން