މޯދީ 5 ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފަށްޓަވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މޯދީ 5 ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފަށްޓަވަނީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، 5 ޤައުމަކަށް ކުރައްވާ ރަސްމީ ަތުރުފުޅެއް ޖޫން މަހުގެ 4 ވަނަ ދުަވހު ފަށްޓަވަން ހަމަޖެހިއްޖެއެވެ.

4 ވަނަ ދުވަހު ވަޑައިގަންނަވާނީ އަފްގާނިސްތާނަށެވެ. އަފްގާނިސްތާނުން ޤަތަރަށެވެ، ޤަތަރުން ސްވިޒަރލޭންޑަށެވެ. ސްވިޒަރލޭންޑުން އެމެރިކާއަށެވެ. އެމެރިކާއިން މެކްސިކޯ އަށެވެ.

ސްވިޒަލޭންޑަށް ކުރައްވާ ދަތުރުފުޅުގައި އެ ޤައުމުގެ ބޭންކުތަކުގައި ހުރި އިންޑިއާގެ ކަޅު ފައިސާ އަނބުރާ ހޯއްދެވުމަށް މަޝްވަރާ ކުރައްވާނެކަމަށާއި ސްވިޒަރލޭންޑަށް ވަޑައިގަތުގެ ބޭނުންފުޅަކީވެސް އެއީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަރަކް އޮބާމާ އައި ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ. އެނބުރި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.

އެނބުރި ވަޑައިގަންނަވާ މަގުމަތީގައި ޖަރމަނީގައި މަޑުކުރައްވައިފާނެ ކަމަށާއި ނަމަވެސް އެއީ ރަސްމީ ބޭނުންފުޅަކު ނޫން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މިއަދު އޮންލައިން