800 ސީސީ އިން 1000 ސީސީ އައިދެމެދުގެ އިންޖީނު ހުންނަ ކުދި ކާރުގެ އިމްޕޯޓް ޑިޔުޓީ އަނެއްކާވެސް ސްރީލަންކާއިން ކުޑަކޮށްފިއެވެ.
ސްރީލަންކާއިން ގެންދަނީ 1000 ސީސީ އިން ފެށިގެން މަތީގެ އިންޖީނުއެޅި ކާރުތަކުގެ އިމްޕޯޓް ޑިޔުޓީ މަތިކުރަމުންނެވެ.
އެހެންކަމުން މިއީ އިންޑިއާ އިން އެތެރެކުރާ އިންޑިއާގެ ކުދި ކާރުތަކަށް ފުރުޞަތު ދިނުމަށް ކުރާ ކަމެއް ކަމަށް ބެލެވެއެވެ.
ސްރީ ލަންކާއިން ގެންދަނީ 3 ފުރޮޅުލީ ކުރޮޅި ނައްތައިލުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ކުރޮޅީގެ ޑިޔުޓީ ގެންދަނީ ބޮޑުކުރަމުންނެވެ. އެހެންކަމުން މުދާ އުފުލުމަށް ކުރޮޅީގެ ބާވަތްތައް ބޭނުންކުރާ ފަރާތްތަކުން ގެންދަނީ މައްސަލަތައް ކުރިމަތިކުރުވަމުންނެވެ.
ސްރީލަންކާގެ ސަރުކާރަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކުގެ ސަބަބުން ސަރުކާރަށް ވަނީ އިތުރު ދައިސާ ހޯދަންޖެހިފައެވެ.