ފަލަސްޠީނާ އިޒްރޭލާ އެކަނި މަޝްވަރާކޮށްގެން މައްސަލަ ދުވަހަކުވެސް ޙައްލެއް ނުކުރެވޭނެ: ފްރާންސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ފަލަސްޠީނާ އިޒްރޭލާ އެކަނި މަޝްވަރާކޮށްގެން މައްސަލަ ދުވަހަކުވެސް ޙައްލެއް ނުކުރެވޭނެ: ފްރާންސް
އިޒްރޭލާއި ފަލަސްޠީނާއި ދެ ޤައުމުން އެކަނި މަޝްވަރާކޮށްގެން ދުުވަހަކުވެސް މައްސަލަތައް ހައްލު ނުކުރެވޭނެކަމަށް ފަރަންސޭސި ވިލާތުން ބުނެފިއެވެ.

ފަރަންސޭސި ވިލާތުން އިއްޔެ ބުނީ އެމެރިކާއިން މިހައިތަނަށް މިކަމަށް ކުރި މަސައްކަތްތައް ވެސް ފެއިލްވީ އެ ދެ ޤައުމުގެ މަޝްވަރާކޮށްގެން މައްސަލަތައް ހައްލު ނުކުރެވޭނެތީ ކަމަށެވެ. "އެމެރިކާއިން އެކަމަށް ވަރަށް ގިނަ ފުރުޞަތުތައް ދީފި. ނަމަވެސް ނުކުތް ނަތީޖާއަކީ ހަަމަ ސުމެއް."

ސައުދިއަރަބިޔާގެ ޚާރިޖީވަޒީރު ޢާދިލް އަލް ޖުބައިރު ވިދާޅުވީ 2002 ވަނަ އަަހރު އަރަބިން އެކުލަވައިލި އެއްބަސްވުމަކީ މިހައިތަނަށް ހުށަހެޅުނު އެންމެ ރަނގަޅު ހުށަހެލޫން ކަމަށެވެ. ނަމަވެސް އެ ހުށަހެޅުން އިޒްރޭލުން ބލައިިގެންފައިވަނީ މައްސަލައަށް ޞުލްހަވެރި ހައްލެއް ހޯދުމުގެ އެއްވެސްޝ ައުޤުވެރިކަމެއް އިޒްރޭލުގައި ނެތުމުން ކަމަށްވެސް އަލްޖުބައިރު ވިދާޅުވިއެވެ.

ފަރަންސޭސި ޚާރިޖީ ވަޒީރު ވިދާޅުވީ އެމެރިކާ އާއި އިޒްރޭލުގެ މެދުގައި މަޝްވަރާ ކުރެވެން ޖެހެނީ އދގެ ބައިވެރިވުމާއިއެކުގައި ކަމަށެވެ. އަދި ފަރަންށޭސި ވިލާތާއި އެޤައުމުގެ ބައިވެރިން މަސައްކަތް ކުރަމުން ގެންދަނީ ޒަމާންވީ މި ބޮޑު މައްސަލައަށް ހައްލެއް ހޯދުމަށް ކަމަށެވެ.
މިއަދު އޮންލައިން