އެމެރިކާއަށް އިތުބާރުކޮށްފިނަމަ ކޮޅުފައިން ޖަހާނެ: ހުމައިނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
އެމެރިކާއަށް އިތުބާރުކޮށްފިނަމަ ކޮޅުފައިން ޖަހާނެ: ހުމައިނީ
އެއްވެސް ބައަކު އެމެރިކާއަށް އިތުބާރުކޮށްފިނަމަ ބަދަލުގައި ކޮޅުފައިން ޖަހާނެ ކަމަށް އީރާނުގެ ރޫހީ ލީޑަރު ޢާޔަތުﷲ ޢަލީ ހުމައިނީ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ހުމަނީ ވިދާޅުވީ ނިޔުކްލިއަރ މައްސަލައިގައި އީރާނުން އެއްބަސްވުމުގައި ސޮއިކުރީ އެމެރިކާއަށް އިތުބާރުކޮށްފައި ކަމަށެވެ. އަދި އެހެންވެސް ޤައުމުތަކަށް އިތުބާރުކޮށްފައި ކަމަށެވެ.

"އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެމެރިކާ އާއިއެކު ވަރަށް ގިނަ މަޝްވަރާތައް ކުރެވުނު. ގިނަ ކަންތައްތަކަށް އެމެރިކާއިން އެއްބަސްވެސްވި. އެކަމަކު އެކަންކަމުގައި އެމެރިކާއިން ޖެހީ ކޮޅުފައިން."

ހުމައިނީ ވިދާޅުވީ މަޝްވަރާކުރާއިރު އެމެރިކާއިން ތިބޭނީ ވަރަށް ހިނިތުންވެގެންކަމަށާއި ނަމަވެސް އެ ހިނިތުންވުން ފަހުން ބަދަލުވާނީ އަމިއްލަ އެދުމަށް ކަމަށެވެ.

ހުމަނީ ވިދާޅުވީ އިނގިރޭސި ވިލާތަކީވެސް އިބިލީހެއް ކަމަށެވެ. އަދި މިޤައުމުތައް ވަނީ ޔަހޫދީ ޒަޔަނިސްޓް ބާރުތަކުގެ ދަށުވެ އަޅުވެތިވެފައި ކަމަށެވެ.
މިއަދު އޮންލައިން