ބޮކްސިން ތެލުމުގައި ދުނިޔޭގެ ސަމާލުކަން ހޯދި މަޝްހޫރު ބޮކްސިންގ ތެޅުންތެރިޔާ މުޙައްމަދު ޢަލީ ނިޔާވުމުން މިއަދު ދުނިޔޭގެ އެންމެ ބޮޑު ސަމާލުކަމަށް އައި އެއްކަމަކީ އެކަންކަމުގައި ފާހަގަކުރެވެއެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އަދިވެސް ބައެއް ލީޑަރުން ވެސް ވަނީ މުޙައްމަދު ޢަލީ ނިޔާވުމުން ތަފާތު މެސެޖުތައް ފޮނުއްވައިފައެވެ.
ބޮކްސިންގ ތެޅުމުން ރިޓަޔަރ ކުރުމަށްފަހު މުޙައްމަދު ޢަލީ ވަނީ ކޮމެންޓޭޓަރެއްގެ ހައިޞިއްޔަތުންނާއި ސިވިލްރައިޓްސްއަށް މަސައްކަތްކުރާ މީހެއްގެ ހައިޞިއްޔަތުންވެސް އެތައް މިލިއަން ބައެއްގެ މަޤްބޫލުކަން ހޯދައިފައެވެ.
މުޙައްމަދު ޢަލީ ނިޔާމުން މަޝްހޫރު ބޮކްސިންތެޅުންތެރިންގެ ގިނަ ބައަކު ބުނެފައިވަނީ ބޮކްސިންގގެ ތަރީޚުގައި މުޙައްމަދު ޢަލީ ހޯދި މަޤާމު އޭނާއަށް އަބަދުވެސް އޮންނާނެ ކަމަށެވެ.
މުޙައްމަދު ޢަލީ ނިޔާވިއިރު އުމުރަކީ 54 އަހަރެވެ. އެނާ ވަނީ 32 އަހަރު ތުރުތުރު އެޅުމުގެ ބައްޔަށް ފަރުވާކޮށްފައެވެ.