ޔޫއޭއީގެ ނައިބް ރައީސް އަދި ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ރާޝިދުގެ ރޯދަ ހަދިޔާއެއްގެ ގޮތުގައި ތަފާތު އުމުރުގެ ކުޑަކުދިންނަށް 5 މިލިއަން ފޮތް ބައްސަވަން ނިންމަވައިފިއެވެ.
މީގެ ތެރެއިން 2 މިލިއަން ފޮތް ބައްސަވާނީ ރިފިޔުޖީ ކޭމްޕުތަކުގައި ތިބި ކުޑަކުދިންނަށެވެ. 2000 ލައިބްރަރީއަކަށް ވެސް ފޮތް ބައްސަވަން ވަނީ ނިންމަވައިފައެވެ.
ޝައިޚް މުޙައްމަދު ބިން ރާޝިދު މިފަދަ ނިންމެވުމެއް ނިންމެވީ އިލްމު ފެތުރުމަކީ އެންމެ މަތިވެރި އަލުކަމުގެ ތެރޭގައި ހިމެނޭ އަޅުކަމަކަށްވާތީއެވެ. އަދި މި ޕްރޮގްރާމް އަމާޒުކުރައްވާފައިވަނީ ކަންކޮޅުތަކުގައި ތިބި ފޮތް ނުލިބޭ ފަޤީރު ކުދިންނަށެވެ.
އެހެން ޤައުމުތަކުގައި ހަރަކާތްތެރިވާ ޔޫއޭއީގެ ޖަމާއަތްތައް މެދުވެރިކުރައްވައިގެން ވެސް ފޮތްތައް ބެއްސެވުމަށް ވަނީ ނިންމަވައިފައެވެ.