ޘައިނާގައި މިއަހަރުވެސް ރޯދަހިފުން މަނާކޮށް ދުވާލުގެ ވަގުތުތަކުގައި މުސްލިމުންގެ ރެސްޓޯރރަންޓްތައް ހުޅުވައި ކާބޯތަކެތީގެ ޚިދުމަތް ދިނުމަށް އަމުރުކޮށްފިއެވެ.
ޗައިނާގެ ޒިންޖިއާންގައި މައިނޯރިޓީ އެއް ކަމަށް ބެލެވުނު ނަމަވެސް އުއިޣުރު ކޮމިޔުނިޓީގެ 10 މިލިއަން މީހުންނަކީ މުސްލިމުންނެވެ. ދީނީ އަޅުކަން ކުރުމަށް ސަމާލުކަންދޭ ބައެކެވެ. ޗައިނާގައި ކުރެވެން އޮތް ވަރަކަށް އިސްލާމް ދީން މަތިެރިކުރަން މަސައްކަތްކުރާ ބައެކެވެ.
ޗައިނާގެ މައި ސަރުކާރުން ބުނަނީ ޗައިނާގެ ރައްޔިތުންނަކީ ދީނީ މިނިވަންކަން ލިބިގެންވާ ބައެއް ކަމަށެވެ. ނަމަވެސް ކޮންމެ ރަމަޟާން މަހަކުވެސް ރޯދަ ހިފިއަ ނުދީ ހުރަސް އެޅުމުގެ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ.
މިއަހަރުވެސް ސަރުކާރު މުވައްޒިފުންނާއި ކުޑަކުދިންނާއި ދަރިވަރުން ރޯދަ ހިފުން ވަނީ މަނާކޮށްފައެވެ.
ޒިންޖިއާންގެ ސަރުކާރުން ބުނަނީ ޜޯދަ ހިފުމަކީ ދީނީ ޢަޤީދާ ވަރުގަދަވެ ޓެރަރިސްޓުން އުފެދޭ ކަމެއް ކަމަށެވެ. އެހެންކަމުން ޜޯދަ ހިފާކަން އެނގިއްޖެނަަމަ ހައްޔަރުކޮށް ގަދަކަމުން މަޖުބޫރުކުރުވައިގެން ރޯދަ ގެއްލުވައިލައެވެ. ރޯދަ ދޫކޮށްނުލައިފިނަަ ބޮޑެތި އަނިޔާތައް ކުރެއެވެ.
ބުރާސްފަތި ދުވަހު މައި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރޯދަ ހިފުމަށް ހުރަސް އަޅައިގެން ނުވާނެ ކަމަށާއި އަދި މުސްލިމުން ވިޔަފާރިކުރަން ބޭނުން ނެެތްނަމަ ގަދަކަމުން އެމީހުން ލައްވައި ރެސްޓޯރަންޓްތައް ހުޅުވައިގެންވެސް ނުވާނެ ކަމަށެވެ.