ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި މިއަދު ހެނދުނު ބޮމެއް ގޮއްވައިލުމުން 11 މީހުން މަރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބޮން ގޮއްވާލާފައިވަނީ ސަލާމަތީ ބާރުތަކަށް އަމާޒުކޮށެވެ. އަދި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 7 ފުލުހުންނާއި 4 އާންމުންނެވެ.
ބޮން ގޮއްވާލާފައިވަނީ އިސްތަންބޫލްގެ އެންމެ މުހިންމު އެއް ސަރަހައްދެއްގައެވެ. ފަތުރުވެރިން ގިނައިން ގޮސްއުޅޭ ބާޒާރަކާއި މެޓްރޯ ސްޓޭޝަނެއް އަދި ސުލޭމާނިޔާ މިސްކިތް ކައިރީގައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބޮން ގޮއްވައިލީ ރިމޯޓް ކޮންޓްރޯލެއް ބޭނުންކޮށްގެންނެވެ.