އަލްޣާފީގެ ގެއެއްގައި ރޯވެ މަންމަ އާ ދެ ދަރިން މަރުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
އަލްޣާފީގެ ގެއެއްގައި ރޯވެ މަންމަ އާ ދެ ދަރިން މަރުވެއްޖެ
ޝާރުޖާގެ އަލްޣާފީގެ ގެއެއް އަނދައި މަންމަ އާއި ދެ ދަރިން މިއަދު މަރުވެއްޖެއެވެ.

ޝާރުޖާގެ ފުލުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުު 11:30 ހައިއިރު ކަމަށެވެ، އަދި މިހާދިސާގައި އެގޭގައި ދިރިއުޅޭ ކޮރޯސް އައިލަންޑްސްގެ އަންހެނެއްގެ ހަށިގަނޑު އެކުގައި އަނދާފައިވާ ކަަމަށެވެ. އަދި އޭނާގެ އުމުރުން 12 އަހަރާއި 13 އަަހރުގެ 2 އަންހެން ދަރިން މަރުވެފައިވަނީ ނެވާ ހާސްވެގެން ކަމަށެވެ.

އެގެއަކީ ދެ އާއިލާއެއް ޙިއްޞާވެގެން ދިރިއުޅޭ ގެއެކެވެ.

އަލިފާން ނިއްވާ ސިފައިން ބުނީ އެމީހުންނަށް ރިޕޯޓްކުރިތާ 3 މިނިޓް ތެރޭގައި ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށެވެ.
މިއަދު އޮންލައިން