ސީރިޔާގެ ވެރިކަން ބަދަލުކުރަން ތުރުކީން ކުރާ އުންމިދުތައް ވާނީ ޖަނާޒާ: ބަޝާރުލްއަސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ސީރިޔާގެ ވެރިކަން ބަދަލުކުރަން ތުރުކީން ކުރާ އުންމިދުތައް ވާނީ ޖަނާޒާ: ބަޝާރުލްއަސަދު
ސީރިޔާގެ ވެރިކަން ބަދަލުކުރަން ތުރުކީން ކުރާ އުންމިދުތައް ވާނީ ޖަނާޒާ ކަމަށާއި ތުރުކީގެ ބޮޑުވަޒީރު ޠައްޔޮބް އުރްދުޤާނަށް ޖެހޭނީ ނާކާމިޔާބާ ކުރިމަތިލަން ކަމަށް ސީރިޔާގެ ރައީސް ބަޝާރުލްއަސަދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ސީރިޔާގެ ޕާލަމެންޓްގައި ތަޤްރީރުކުރައްވަމުން ބަޝާރުލްއަސަދު ވިދާޅުވީ ސީރިޔާގެ ބިމުން އެންމެ އިންޗިއެއްވެސް ޓެރަރިސްޓުންނަށް ދޫނުކުރައްވާނެ ކަމަށާއި ޓެރަރިސްޓުންގެ ބާރުގެދަށުގައިވާ ހުރިހައި ބިންތައް ސަރުކާރުގެ ބާރުގެދަށަށް ގެންދަވާނެ ކަމަށެވެ.

ބަޝާރުލްއަސަދު ވިދާޅުވީ ހަލަބުން ޓެރަރިސްޓުން ބާލުއްވައި ހަލަބުވެސް ސަރުކާރުގެ ފުރިހަމަ ބާރުގެދަށަށް ގެންނަވާނެ ކަމަށެވެ. އަދި ސީރިޔާގެ ބިމުން ޓެރަރިސްޓުންނަށް އެންމެ އިންޗިއެއްވެސް ނުދެއްވާނެ ކަމަށެވެ.


ބަޝާރުލްއަސަދު ވިދާޅުވީ ހަލަބު މިނިވަންކުރެވޭތަން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށެވެ. އަދި އެ ހިސާބުން އައިއެސްގެ ބާރުތައް ކެނޑިގެންދާނެ ކަމަށެވެ. ސީރިޔާގެ ސިފައިންގެ ބާރު މިހާރު ވަރަށް ބޮޑުތަން ގަދަވެއްޖެ ކަމަށާއި ބިމުންދޭ ހަމަލާތައްވެސް ވަރުގަދަ ކުރެވިއްޖެ ކަމަށް ވެސް ބަޝާރުލްއަސަދު ވިދާޅުވިއެވެ.
މިއަދު އޮންލައިން